English Edition
Dhivehi Edition

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑުން އައްޑޫސިޓީ ހުޅުމީދޫގައި ހިންގާ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި އައިސް އުފެއްދުމާ، އެތަނުގެ އެހެނިހެން ބޭނުން ތަކަށް ބޭނުންވާ ފެން ބިމުގެ އަޑިން ނެގުމަށްޓަކައި 02 ބޯރހޯލް ޤާއިމްކޮށް ދިނުމަށާއި ފެންނެގުމަށް ޕަމްޕިންގ ސިސްޓަމް އަމިއްލަ ތަކެތީގައި ޤާއިމްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.

އެ ކުންފުނިން ކޮށްފައިވާ އިއުލާނުގައި ވަނީ މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 03 ޖެނުއަރީ 2021 ވާއާދީއްތަ ދުވަހުގެ މެންދުރުފަހު 12:00ގެ ކުރިން [email protected] އީ- މެއިލް މެދުވެރިކޮށް ރަޖިސްޓްރީ ވުމަށް އެދިފައެވެ. ރަޖިސްޓްރީ ކުރާފަރާތްތަކަށް، މަސައްކަތުގެ މަޢުލޫމާތު (RFQ) ކަރުދާސް 03 ޖެނުއަރީ 2021 ވާ އާދިއްތަ ދުވަހުގެ ހަވީރު 16:00ކުރިން އީމެއިލް މެދުވެރިކޮށް ފޯރުކޮށްދެވޭނެކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިކަން ފާޅުކޮށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން 07 ޖެނުއަރީ 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:30 އަށް މިފްކޯގެ ހެޑްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުމަށް އެ ކުންފުނިން އެދިފައިވާއިރު އަންދާސީހިސާބު ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ގެންނަ އަންދާސީހިސާބު ބަލައިނުގަނެވޭނެކަމަށްވެސް އެ ކުންފުނިންވަނީ ބުނެފައެވެ. މީގެ އިތުރުން އެ ކުންފުނިން ބުނީ އަންދާސީހިސާބު ހުޅުވުން އޮންނާނީ އަންދާސީހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ޙާޟިރުގައިކަމަށެވެ.