English Edition
Dhivehi Edition
އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަ ކުރުމަށް މަރަދޫގައި ހިންގި ސާފުކުރުމުގެ ޙަރަކާތުގެ ތެރެއިން/ފޮޓޯ އާސިމާ ނަޖްމީ

އެއްބައިވަންތަ ކަމުގެ ދުވަހެއް ފާހަގަ ކުރަން ފެށުނީ 2004 ވަނަ އަހަރު ސުނާމީގެ ހިތްދަތި ދަނޑިވަޅު ދިވެހިން އެކަކު އަނެކަކަށް ވި އެހީތެރިކަމާއި އެއްބައިވަންތަކަމުގެ ގުޅުމުގެ ވަރުގަދަކަން ރަމްޒުކޮށްދިނުމަށެވެ . ދިވެހިންނަކީ ކަމަކާ ޖެހުމުން އެއްބައެއް ވަންތަ ރޫޙެއްގައި އެކުއެކީ ނިކުމެ އެކަމަކާއިގެން އުޅެގަންނަ ބައެއްކަން މިއަދުވެސް މިދަނީ ސާބިތުވަމުންނެވެ. އައްޑޫސިޓީ މަރަދޫގެ ރައްޔިތުންނަކީ ކޮންމެ ކަމެއްގައިވެސް ނަމޫނާއަކަށްފުދޭ ހާ ރީތި ގުޅުމެއް އޮންނަ ބައެކެވެ. ފާހަގަ ކުރަމުން މިދާ އެއްބައިވަންތަކަމުގެ ދުވަހާއެކު މިއަދު މަރަދޫއިން ނިކުމެއެތިބީ އެރަށުގެ ރީތި މާޙައުލު އެއަށްވުރެވެސް ހިތްފަސޭހަތަނަކަށް ހެދޭތޯ އަތުކުރިއޮޅާލައިގެންނެވެ.

އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަ ކުރުމަށް މަރަދޫގައި ހިންގި ސާފުކުރުމުގެ ޙަރަކާތުގެ ތެރެއިން/ފޮޓޯ އަމީ

މާކުރިންވެސް މަރަދޫގެ އަތިރިމަތި އެއްކޮޅުން އަނެއްކޮޅަށް ސާފުކޮށްގެން ރީތި ބީޗްތަކެއް އެތަންތާ އުފަންކުރުވުމުގެ ނަމޫނާ ވެސް ދައްކާލި ބަޔަކީ މަރަދޫގެ މުރާލި ރައްޔިތުންނެވެ. އެދެއްކި ޖޯޝާއި ފޯރިން ހިތްވަރު ލިބިގެން އައްޑޫސިޓީގެ އެތައް ބީޗެއް ހެދި ނިމުނުކަން އެއީ ފެންނާން އޮތް ޙަގީގަތެކެވެ.

މިއަދު މަރަދޫއިން އެފެށީ މުޅި މަރަދޫ ނަލަކުރާށެވެ. ރައްޔިތު އެންމެންގެ ބައިވެރިވުމާއެކު ފަތިހުގެ މުނާޖާއިން ފެށުނު އެޙަރަކާތުގެ ބައިވެރިން 4 ޓީމަކަށް ބަހާލެވި ރަށުގެ 4 ފަރާތުން އެކުއެކީ މަސައްކަތް ފެށިގެން ދިޔައެވެ.

 

އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަ ކުރުމަށް މަރަދޫގައި ހިންގި ސާފުކުރުމުގެ ޙަރަކާތުގެ ތެރެއިން/ފޮޓޯ އަމީ

އަތަށް އަންގި ލައްވައިގެން މަށަން ދައްޗާއެކު އަންހެންވެރިން ނިކުމެ ހޭލަމޭލަޔަށް ސާފުކުރުމާއިގެން އުޅެގަތްއިރު ރަށުގެ ފިރިހެންވެރިން ދިޔައީ ގަސްކޮށުމާއި ކުނިއުކުންފަދަ ބޮޑެތި ހުރިހާ ކަމެއްގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މިޙަރަކާތަށް އެކިޢުޒުރު ތަކާހެދި ނުނިކުމެވުނު މީހުންނަށްވެސް ޒިއްމާއެއްއޮތެވެ. ފެނިގެންދިޔައީ އެންމެ އެވޭލާ ޒަމާނުއްސުރެވެސް ދިވެހިންގެތެރޭ އޮތް އާދައެއްކަމަށްވާ މަސައްކަތަށް ނިކުންނަ މީހުންނަށް ހިތްވަރު ދިނުމުގެ ގޮތުން މީރުކާތަކެތިން ތަން ފުރާލި މަންޒަރެވެ. މުޅި ރަށު އެންމެންގެ ހެނދުނުގެ ނާސްތާ ތައްޔާރުވެގެން އައި މަންޒަރުން ހަމަ ރަނގަޅަށްވެސް ރައްޔިތުންގެ އެކުވެރިކަން ވަޒަންކޮށްލެވުނެވެ.

އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަ ކުރުމަށް މަރަދޫގައި ހިންގި ސާފުކުރުމުގެ ޙަރަކާތުގެ ތެރެއިން/ފޮޓޯ އަމީ

މިޚާއްސަ ޙަރަކާތުގައި އެހެން ރަށްރަށުގެ މެހެމާނުންވެސް ބައިވެރިވި ތަން ފެނުނެވެ.

އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަ ކުރުމަށް މަރަދޫގައި ހިންގި ސާފުކުރުމުގެ ޙަރަކާތުގެ ތެރެއިން/ފޮޓޯ އާސިމާ ނަޖްމީ

އެގޮތުން ސަރަޙައްދީ ޖަމްޢިއްޔާއެއް ކަމަށްވާ ސަދަން ކޮމިއުނިޓީ އެމްޕަވަމެންޓް އެސޯސިއޭޝަނުން މި ޙަރަކާތާއި ގުޅުނު ފަރާތްތަކާއި އަދި އެނޫނަސް އެކި ގޮތްގޮތުން މިޙަރަކާތުގައި ބައިވެރިވި މެހެމާނުންނާއި ރައްޔިތު އެންމެން، ކޮޕީފަތު މަސްހުންޏާ،ރޮއްޓާ ފެނުކެއްކި ބިހާއި ހޫނު ސަޔަށް އިންސާފު ކުރީ އުފަލާ ހިތްހަމަޖެހުމާއެކުއެވެ.

އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަ ކުރުމަށް މަރަދޫގައި ހިންގި ސާފުކުރުމުގެ ޙަރަކާތުގެ ތެރެއިން/ފޮޓޯ އަމީ

3 ގަޑިއިރުގެ ސާފުކުރުމުގެ ކާމިޔާބު ޙަރަކާތެއް އެހާމެ ފުރިހަމައަށް ނިމިގެންދާއިރު ހަމަ ގައިމުވެސް މިކަން ރާވާ ހިންގުމުގެ ފަހަތުގައި ހަރުދަނާ ބަޔަކު ތިބޭނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ދަންނަވާލަން އޮތީ އެބަޔަކީވެސް ހަމަ މަރަދޫއަށް ވަފާތެރި މަރަދޫގެ ހިންގުންތެރި ރައްޔިތުންކަމެވެ. ތައްޔިބުއާއި،އަމީއެވެ. ޝެހޭއާއި، ނިޝާންއެވެ،ޒާހިދާއާއި ދިޔާނާއެވެ،މަރީނާއާއި،މުސައްވިރުއާއި ޝައުޒޫނުއެވެ. މުނައްވަރުއާއި ފައިސަލްއެވެ. ރާނީއާއި ހަލީމްއެވެ. އާތިފްއާއި ރިއާއެވެ. މިހެންގޮސް ކިތައްމެ ނަމެއް ކިއިދާނެއެވެ.

އެންމެ ފަސޭހަ އަދި އެންމެ އަކަށޭނަ ގޮތަކީ މުޅި ރަޢިޔަތު އެންމެން ޝާމިލުވާކަމަށް ބުނުމެވެ. ކޮންމެ މީހަކީވެސް ޒިއްމާއެއް އުފުލި ޚާއްސަ މީހެކެވެ. ގިންތީގެ ތަފާތެއް ނެތި ހުރިހާ އެންމެން ވެސް ޢަމަލީގޮތުން މަސައްކަތާ ގުޅިލާމެހުނެވެ.

އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަ ކުރުމަށް މަރަދޫގައި ހިންގި ސާފުކުރުމުގެ ޙަރަކާތުގެ ތެރެއިން/ފޮޓޯ އަމީ

މަރަދޫގައި މިއަދު ހިންގި އެއްބައިވަންތަ ކަމުގެ ދުވަހުގެ ޙަރަކާތްތައް ނިންމާލީ ހަވީރު ބޭއްވި ހިނގާލުމުންނެވެ. ރަށުގެ ކުދިބޮޑު އެންމެން ވަނީ މި ހިނގާލުމުގައި ބައިވެރިވެ އަތުގުޅާލާފައެވެ.

މަރަދޫ ރައްޔިތުންގެ އެއްބައިވަންތަކަން ދައްކުވާލަދިން މި ޙަރަކާތް ނިންމާލީ ވަރުގަދަ ޢަޒުމުތަކެއްވެސް އާކުރަމުންނެވެ. މިފަދަ ބަދަހި ގުޅުމަކާއެކު ޙާސިލްކުރަން ބޭނުން ކޮންމެ ލަނޑުދަނޑިއެއް ޙާސިލު ކުރާނެކަމެވެ. އެއް އަޑަކުން މިއަދު އެއިއްވައިދިނީ ” އެންމެން ގުޅިގެން އަފިރިންގެ ރަށް އަފިރިއެ ބައްޓަން ކެރާށުމާ” އޭބުނެ އިއްވާލަދިން ފުންބަހެވެ. ޝައްކެއްނެތެވެ. މަރަދޫ މީހުންނަށް އެމީހުންގެ ރަށަށް ހެޔޮ ބަދަލު ގެނެވޭނެއެވެ.

އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަ ކުރުމަށް މަރަދޫގައި ހިންގި ސާފުކުރުމުގެ ޙަރަކާތުގެ ތެރެއިން/ފޮޓޯ އަމީ