ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް “ސްކީމް” ގެ ނަމުގައި ދެކުނުގެ 4 އަތޮޅަށް ޚާއްޞަ ކޮށްގެން ހިންގަމުން އަންނަ ޖަމިއްޔާ “ސްކީމް” ގެ 2 ވަނަ ދައުރުގެ ހިންގާ ކޮމެޓީ އިފްތިތާޙް ކޮށްފިއެވެ.
ސްކީމްގެ 2 ވަނަ ދައުރުގެ “ގައުމީ އެކްސްކޯ” ހޮވާާފައިވަނީ އެ ޖަމިއްޔާގެ އަހަރީ އާންމު ބައްދަލުވުމުގައެވެ. 4 އަތޮޅުގެ މެމްބަރުންނާއެކު އޮންލައިން ކޮށް ބޭއްވި މި ބައްދަލުވުމުގައި ސްކީމްގެ 2 ވަނަ ދައުރުގެ “ގައުމީ ހިންގާ ކޮމެޓީ” ގެ މަގާމަށް ހޮވާފައިވަނީ :
1- ރައީސާ – ޝިމްލާ އަޙްމަދު / އާސްޓްރަލްގެ ސ. ހިތަދޫ
2- ނައިބު ރައީސާ – އާމިނަތު އަލީ/ ނޮވެމްބަރުގެ ސ. ހިތަދޫ
3- ޑިރެކްޓަރ އޮފް އައުޓްރީޗް – ތަބައްސުމް މުޙައްމަދު ޙަސަން/ ސީޑަމް ސ.ހިތަދޫ
4- ޑިރެކްޓަރ އޮފް ފައިނެންސް – ޢަލީ ނާސިރު/ ޗާނދަނީ ވިލާ/ ސ. މަރަދޫފޭދޫ
5- ޑިރެކްޓަރ އޮފް އޮޕަރޭޝަންސް – މަސީޙް އަޙްމަދު/ އާސްޓްރަލްގެ ސ. ހިތަދޫ
6- ޗެއަރ ޕަރސަން (އައްޑޫސިޓީ) – ފާތިމަތު ދިޔާނާ/ ހަޒާރުގެ ސ.މަރަދޫ
7- ޗެއަރ ޕަރސަން (ފުވައްމުލައް ސިޓީ) – އާމިނަތު އަބްދުﷲ / ސިވިލައިޒް ޏ.ފުވައްމުލައް
8- ޗެއަރ ޕަރސަން (ގ.އ އަތޮޅު) – އަރުޖޫން އަފީފް / ޑައިމަންޑް ވިލާ ގއ.ވިލިނގިލި
9- ޗެއަރ ޕަރސަން (ގދ. އަތޮޅު) – ޙުސެއިން ޙަސަން / ސެމީ. ގދ. ތިނަދޫ
10- ވައިސް ޗެއަރ ޕަރސަން (އައްޑޫސިޓީ)- ފާތިމަތު އަނޫޝާ/ ގުޑްލަކް- ސ.ހިތަދޫ
11- ވައިސް ޗެއަރ ޕަރސަން – (ފުވައްމުލައް ސިޓީ)- ޝަބާނާ ސައީދު/ ރެޑިއަމް ޏ. ފުވައްމުލައް
12- ވައިސް ޗެއަރ ޕަރސަން – (ގ.އ އަތޮޅު) މަރިޔަމް ނަސީބާ / އުފާ ގއ. ވިލިނގިލި
13- ވައިސް ޗެއަރ ޕަރސަން – (ގދ. އަތޮޅު) ކައުސަރު އަޙްމަދު ލަތީފް/ ފަރެސްމާތޮޑާ
ސްކީމަކީ ދެކުނުގެ 4 އަތޮޅަށް އަމާޒު ކޮށްގެން ޖަމިއްޔާގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް 2019 ވަނަ އަހަރު ރަޖިސްޓްރީކުރި ޖަމިއްޔާއެއް ނަމަވެސް މިހާރު ޖަމިއްޔާގެ މަސައްކަތް ވަނީ މުޅި ރާއްޖެއަށް ފުޅާކޮށްފައެވެ.
ސްކީމްގެ މަޤްސަދަކީ ވަކި ޖިންސެއް އަދި ވަކި އުމުރެއް ތަފާތު ކުރުމެއް ނެތި ތަފާތު ދާއިރާތަކުން މީހުން ކުރިއެރުވުމަށް މަސައްކަތް ކޮށްދިނުމާއި، އިޖުތިމާއީ ގޮތުންނާއި، އިގްތިޞާދީ ގޮތުން ފުދުންތެރި ޖީލެއް ބިނާ ކުރުމާއި، ޖިސްމާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ، ތަރުބަވީ މުޖުތައަކަށް މަގުފަހިކޮށް ދިނުމެވެ.
މި މަގުޞަދު ޙާސިލް ކުރުމަށް ފާއިތުވި 4 އަހަރު ކުރެވުނު ފާހަގަ ކޮށްލެވޭ މަސައްކަތްތަކާއެކު ސްކީމަށް ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ދެވުނު ސިވިލް ސޮސައިޓީ އެވޯޑް ވެސް މިއަހަރު ލިބިފައެވެ.
މިހާރު ސްކީމުން ދަނީ މުޅި ރާއްޖެ ހިމެނޭހެން “ވެށި ބާރު” ގެ ނަމުގައި ޔޫތް މިނިސްޓްރީއާއި ގުޅިގެން ކޮމިޔުނިޓީ ޕްރޮޖެކްޓެއްގައި މަސައްކަތްް ކުރަމުންނެވެ. މިގެ އިތުރުން އިންޓަނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓް (އައި.އާރު.އައި) އާއެކު ޒުވާނުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ “މަގޭރަށް އިމާޖިންގ ލީޑަރސް އެކަޑަމީ” ގައި ޕާޓްނަރޝިޕް އެންޖީއޯގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ.
ސްކީމްގެ މެމްބަރަކަށް މީގެ ކުރިން ވެވެނީ ދެކުނުގެ 4 އަތޮޅުގެ ރައްޔިތުންނަށް ނަމަވެސް މިހާރު ވަނީ އަސާސީ ގަވާއިދަށް ބަދަލު ގެނެސް ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ސްކީމްގެ މެމްބަރަކަށް ވެވޭގޮތަށް ބަދަލު ގެނެސްފައެވެ.
ތިރީގައި މިވަނީ ސްކީމްގެ މެމްބަރަކަށް ވުމަށް އެދި ފުރިހަމަ ކުރަން ޖެހޭ ފޯމުގެ ލިންކެވެ.
Membership Application Form (jotform.com)