English Edition
Dhivehi Edition

އައްޑޫ ސިޓި ފޭދޫ ސްކޫލުގައި ކެންޓީނުގެ ޚިދުމަތް ދެވޭނޭ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.

މިއަދ އެ ސްކޫލުން ކުރި އިއުލާނުގައި ބުނީ މިކެންޓީން ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 29 ވަނަ ދުވަހު 10:30އަށް ސްކޫލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 05 ޖަނުއަރީ 2021 ވަނަ ދުވަހު 10:30 އަށް އަންދާސީ ހިސާބު ހުށަހެޅުމަށްވަނީ އެދިފައެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނެތްކަމަށްވެސް މި އިއުލާނުގައިވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން އެ ސްކޫލުން ބުނީ މިކަމަށްކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ސާފުތާހިރުކޮށް ތާޒާކަމާއެކު ކުދިންނަށާއި އަދި ޓީޗަރުންނަށް ޚިދުމަތް ދެވޭނެ ފަރާތްތަކާއި އަދި ވީހާވެސް ހެޔޮއަގެއްގައި ކެންޓީނުގެ ޚިދުމަތް ދެވޭނެ، މިދާއިރާގައި މިހާރުވެސް މަސައްކަތްކުރާ ފަރާތްތަކަށް އިސްކަންދެވޭނެކަމަށެވެ.

މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ސްކޫލުގެ ނަންބަރު 6892546 އަށް ގުޅުމަށް ސްކޫލުންވަނީ އެދިފައެވެ.