English Edition
Dhivehi Edition

އައްޑޫ ސިޓީ ފޭދޫ ސްކޫލުގެ ގޯލްޑެން ޖުބުލީ ފާހަގަކުރުމުގެ ގޮތުން ‘ރަން50’ ގެނަމުގައި ދުވުމެއް ބާއްވަން ނިންމައިފިއެވެ.

މި މަހުގެ 17 ވަނަ ދުވަހު ފޭދޫ އަވަށު އޮފީސް ކުރިމަތިން ފެށުމަށް ހަމަޖެހިފައިވާ ‘ރަން50 ގައި ބައިވެރިވުމުގެ ފުރުސަތު މުޅި ރާއްޖެއަށް ވަނީ ހުޅުވާލާފައެވެ. އަދި މި ރަންގައި ވާޗުވަލްކޮށްވެސް ބައިވެރިވެވޭނެކަމަށް ފޭދޫ ސްކޫލުން ވަނީ ބުނެފައެވެ.

ފޭދޫ ސްކޫލުން ބުނީ މި ހަރަކާތް ބޭއްވުމުގެ މަގުސަދަކީ ސްކޫލުގައި އެކި ދުވަސްވަރު ތައުލީމު ހާސިލުކުރި އިސް ދަރިވަރުންނާއި، މުދައްރިސުންނާއި ބެލެނެވެރިން އަދި ދަރިވަރުން އެއް މަންސައަކުން ބައްދަލުވުން ކަމަށެވެ.

މި ރަންގައި ގޯލްޑެން ޖުބުލީ ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް ފަންޑްރައިޒް ކުރުމަށް ހަމަޖެހިފައިވާއިރު، މި ރަންގައި ބައިވެރިވުމުގެ ރަޖިސްޓްރީ ފީ އަކީ ސްކޫލު ދަރިވަރުންނަށް 100 ރުފިޔާ އަދި އާއްމުންނަށް 150 ރުފިޔާއެވެ.