English Edition
Dhivehi Edition

ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިއާ ވާޖިދް ހާންގެ މަރަށް ދުވަސްތަކެއް ވީފަހުން އޭނާގެ އަނބިމީހާ ކަމަލްރުކް ހާން ބޮޑު ސިއްރެއް ހާމަކޮށްފިއެވެ.

ކަމަލްރުކް ދާދި ފަހުން ދިން އިންޓަވިއު އެއްގައި ބުނެފައިވަނީ އެދެމީހުން ގެ ދުވަސްވީ ކައިވެނި 2014 ވަނަ އަހަރު ރޫޅިފައިވާ ކަމަށެވެ. ވާޖިދް ހާނަކީ މުސްލިމަކަށްވާތީ ކަމަލްރުކް އިސްލާމްދީން ގަބޫލު ކުރުމަށް ސާޖިދް ވަރަށް ބޮޑަށް އަމުރުކޮށް ބިރުދައްކާފައިވާ ކަމަށް އޭނާ ބުނެއެވެ. އެގޮތުން އިސްލާމްދީން ގަބޫލު ނުކޮށްފިއްޔާ ވަރިކުރުމަށް ކޯޓަށް ދާނެކަމަށް ބުނެ އެތައް ދުވަހަކު ބިރުދައްކާފައިވާ ކަމަށް ވެސް އޭނާ ބުނެއެވެ. އަދި އޭގެ ދުވަސްތަކެއް ފަހުން އޭނާ ވަރިކޮށްފައި ވާޖިދްގެ މަންމަމެންނާ އެކު ދިރިއުޅެމުން ދިޔަކަމަށްވެސް ކަމަލްރުކް ބުންޏެވެ.

“ކައިވެނި ކޮށްގެން ދެ ދަރިން ލިބުނީމަވެސް ވާޖިދް ހަމަ އަހަންނަށް އިސްލާމްދީން ގަބޫލު ކުރުމަށް ބާރުއެޅި، ކޮންމެ ދުވަހަކު އެ މައްސަލައިގައި ދެމީހުން ދެބަސްވާންޖެހޭ، އަހަރެން ދެކެ ރުޅި އައި ކޮންމެ ފަހަރަކު ދަރިންނާ އަހަރެން ދޫކޮށްފައި އޭނާ ދަނީ އޭނަގެ މަންމަމެން ގާތަށް. އެހެން ގޮސް އުޅޭނެ ދެ ތިން މަސް ވަންދެންވެސް. އެންމެ ފަހުން އަހަރެން އެއްބަސްނުވީމަ ވަރިކުރީ. އަހަރެން މި މައްސަލަ ކޯޓަށް ވެސް ވެއްދިން. މަޖުބޫރުން އިސްލާމްދީނަށް ވައްދަން އުޅުނީމަ. މި ވާހަކަތައް އަހަރެން ސިއްރުކޮށްގެން ހުރީ ވާޖިދްގެ މިއުޒިކް ކެރިއާ އަށް ބުރޫއަރާފާނެތީ” ކަމަލްރުކް އިންޓަވިއުގައި ބުންޏެވެ.

ކަމަލްރުކް އާއި ވާޖިދް ދިމާވީ ކޮލެޖްގައި ކިޔަވަން އުޅުމުގެ ތެރެއިންނެވެ. އޭގެ 10 އަހަރު ފަހުން ދެމީހުން ކައިވެނި ކުރަން އުޅުމުން ކަމަލްރުކް މުސްލިމަކަށް ނުވާތީ ވާޖިދްގެ އާއިލާއިން ކައިވެންޏަށް ވަނީ ނޫނެކޭ ބުނެފައެވެ. ނަމަވެސް ދުވަސްކޮޅަކުން އާއިލާއާއި ދެކޮޅަށް ވާޖިދް ވަނީ ކަމަލްރުކް އާއި ކައިވެނިކޮށްފައެވެ.

މި އަހަރު ޖޫން އެއްވަނަ ދުވަހު ވާޖިދް މަރުވެފައިވަނީ ކޮވިޑް19 ޖެހި ހާލުބޮޑު ވެގެން ފަރުވާ ދެމުންދަނިކޮށް އިންޑިއާގެ ހޮސްޕިޓަލެއްގައެވެ. އޭނާ މަރުވީ ކަރުތެރެ ހަލާކުވެގެން ޑޮކްޓަރަށް ދެއްކުމުން ކޮވިޑަށް ޕޮސިޓިވް ވެފައިވާތީ ފަރުވާ ދެމުން ދަނިކޮށް ކިޑްނީ ފެއިލްވެ ހާޓްއެޓޭކެއް ޖެހުމުންކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ވާޖިދްގެ ކިޑްނީ ފެއިލް ވުމުން މިދިޔައަހަރު ވަނީ ކާމިޔާބު ކިޑްނީ ޓްރާންސް ޕްލާންޓެއްވެސް ހަދާފައެވެ.

ވާޖިދް މަރުވިއިރު މި ދެމީހުންނަށް އަންހެން ކުއްޖަކާ ފިރިހެން ކުއްޖަކު ލިބިފައި ވެއެވެ. ކަމަރުލް އަކީ ކްލިނިކަލް ހިޕްނޯތެރަޕިސްޓެއްގެ އިތުރުން ވެލްނެސް ކޯޗެކެވެ،. ވާޖިދް ހާނަކީ ބޮލީވުޑްގެ މަޝްހޫރު ލަވަ ކިޔުންތެރިއެއްގެ އިތުރުން ބައެއް ލަވަ މުބާރާތްތަކުގައި ޖަޖްކަން ކޮށްފައިވާ ފަންނާނެކެވެ.

2 ކޮމެންޓް
Ali
ޑިސެމްބަރު 24, 2020
Meega media ga kurin neh vaahaka eh koba. Aaila in harraskura massala 1014 in feshigen court ga. Wajid ky lavaeh ge link ly nama. Boa halaaku..
saab
ޑިސެމްބަރު 24, 2020
.eyna aky music director eh noontha