English Edition
Dhivehi Edition

މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދިނުމަށް ގޮވާލައި، މަސްވެރިން ފެލިވަރުގައި މުޒާހަރާ ކުރުމަށް ފުރައިފިއެވެ.

ފެލިވަރު ބަނދަރުގައި ޝުޢޫރު ފާޅުކުރުމަށް މަސްދޯނިތައް ފެލިވަރާ ދިމާލަށް ދަތުރު ފަށާފައިވާއިރު މި އިހުތިޖާޖުގައި މައިގަނޑުގޮތެއްގައި ހަރަކާތްތެރިވަނީ ދޮށީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ދޯނިފަހަރެވެ.

މި މުޒާހަރާގައި ބައިވެރިވާ މަސްވެރިއަކު ބުނީ، މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުވޭތޯ ވަރަށް ދުވަހު ކެތްކޮށްފި ކަމަށެވެ.އަދި އެންމެފަހުން މަސްވެރިން އިހުތިޖާޖަށް ނިކުންނަށް ޖެހުނީ ކަންކަން ގޯހުން ގޯހަށް ދިއުމުން ކަމަށްވެސް އޭނާވަނީ ބުނެފައެވެ. މި މުޒާހަރާގަ މަސްވެރިންނަށް މަސް ކިރުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކުރުމާއި، ހަމަ އަގު ހޯދައިދިނުމަށާއި، އުތުރުގައި މަސްގަންނަން ތަރައްޤީކޮށްފައިވާ ށ. ކީކިމިނި ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމަށްކަމަށް އަޑުއުފުލާނެކަމަށް މުޒާހަރާގެ ބައިވެރިއަކުވަނީ ބުނެފައެވެ.

މީގެ ކުރިންވެސް މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށާއި މަސްވެރިންނަށް ނުލިބިހުރި ފައިސާ ހޯދުމަށްޓަކައި މަސްވެރިންވަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް(މިފްކޯ) ގައި މުޒާހަރާކޮށްފައެވެ