ދިވެހި ރެޑްކްރެސެންޓުން މިޔަންމާގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމަށް ކުރިއަށްގެންދާ ހަރަކާތައް، ބަޔަކު އޮޅުވާލައިގެން ފައިސާ ހޯދަމުންދާތީ އެކަމަށް ސަމާލުވުމަށް ދިވެހި ރެޑްކްރެސެންޓުން އިލްތިމާސްކޮށްފިއެވެ.
ދިވެހި ރެޑްކްރެސެންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ޖަމިއްޔާއިން އެއްވެސް ފަރާތަކަށް މެސެޖްކޮށް އަދި ގުޅައިގެން މިޔަންމާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ފައިސާ ހޯދަން މަސައްކަތް ކުރަމުން ނުދާ ކަމަށެވެ. އެހެންކަމުން މިގޮތަށް ފައިސާ ފޮނުވުމަށް ގުޅާ ފަރާތްތަކުގެ ބަހަށް ހެއްލި އެކަން އެގޮތަށް ނުކުރުމަށް ދިވެހި ރެޑް ކްރެސެންޓުން ވަނީ އިލްތިސްކޮށްފައެވެ.އަދި މިފަދަ ފޯން ކޯލްތައް އަންނަމުންދާނަމަ އެކަން ކަމާ ބެހޭ ފަރާތްތަކަށް އެންގުމަށް އެޖަމްއިއްޔާއިން ވަނީ އިލްތިމާސް ކޮށްފައެވެ.ދިވެހި ރެޑްކްރެސެންޓްގެ ބަޔާނުގައި ވަނީ އެފަދަ ފަރާތްތަކަށް އެއްވެސް ކަހަލަ އަމިއްލަ މުހިންމު މައުލޫމާތުތަކާއި، އަދި ފައިސާގެ މުއާމަލާތް ކުރުމަށް ބޭނުން ކުރާ އެއްވެސް ކަހަލަ މައުލޫމާތުތައް ނުދިނުމަށް ގޮވާލާފައެވެ.