English Edition
Dhivehi Edition

ދިވެހި ރެޑްކްރެސެންޓް ސީނުގޮފީގެ ހިތަދޫ ޔުނިޓުގެ ދެވަނަ ޔޫތު ކޭމްޕް އީކުއޭޓަރވިލެޖުގައި މިއަދު ފަށައިފިއެވެ.

“101 އަވާޒް ވިތު އެމްއާރުސީ އެޓު އީކުއޭޓަރވިލެޖު” ގެ ނަމުގައި ބާއްވާ މި ކޭމްޕުގައި ދިރިއުޅެމުގެ ހުނަރުތަކާ ބެހޭގޮތުން މައުލޫމާތު ދިނުމާއި ތަފާތު ހުނަރު ދަސްކޮށްދިނުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ކޭމްޕުގެ މައިގަނޑު މަގުސަދަކީ ސްކޫލް ނިންމާފައި މުޖުތަމައަށް ކުދިން ނުކުންނައިރު ދިމާވެދާނެ ގޮންޖެހުންތަކަށް ކުދިން ހޭލުންތެރި ކުރުވައި ތައްޔާރުވުމަށް އެހީތެރިވެދިނުމެވެ.

މި ކޭމްޕުގައި ބައިވެރިވެފައިވަނީ އުމުރުން 16 އަހަރާއި 20 އަހަރާ ދެމެދުގެ ކުދިންނެވެ. ހިތަދޫ ޔުނިޓުންވަނީ މިދިޔަ އަހަރުވެސް މިފަދަ ކޭމްޕެއް އީކުއޭޓަރވިލެޖުގައި ބާއްވައިފައެވެ.