English Edition
Dhivehi Edition
"ފުރާނައިގެ ސަލާމަތައް އަޑު އުފުލަމާ " މާލޭގައި ބޭއްވުނު ހިނގާލުމުގެ ތެރެއިން -ނައިބްރަޢީސް

“ފުރާނައިގެ ސަލާމަތައް އަޑު އުފުލަމާ” މިނަމުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރު ކުރުމަށް މުޅި ރާއްޖޭގައި އެއްވަގުތެއްގައި ހިނގާލުމެއް ބާއްވައިފިއެވެ.

މިނިސްޓްރީ އޮފް ހެލްތާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަން އާއި މޯލްޑިވްސް ޕޮލިސް ސަރވިސަސް އަދި ދިވެހި ރެޑް ކްރެސެންޓް އަދި މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތައް ގުޅިގެން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރި ކުރުމަށް ބޭއްވުނު މި ހިނގާލުމުގެ ޝިޔާރަކަށް ކަނޑައެޅިފައިވަނީ “ފުރާނައިގެ ސަލާމަތައް އަޑު އުފުލަމާ” ނުވަތަ #SaveLives ‎#SpeakUp އެވެ.

“ފުރާނައިގެ ސަލާމަތައް އަޑު އުފުލަމާ ” ލ.ގަން- ހެލްތް މިނިސްޓަރ އަމީން

މިއީ ނައިބު ރައީސް ފައިޞަލް ނަސީމް އިސްނަންގަވައިގެން، މަގުމަތީގައި އުޅޭ ކޮންމެ ފަރުދަކަށްމެ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށްޓަކައި ފައްޓަވައިފާ ސިލްސިލާ ޕްރޮގްރާމްގެ ދަށުން ހުރިހާ މުއައްސަސާތައް ގުޅިގެން މުޅި ރާއްޖޭގައި އެއްވަގުތެއްގައި ހޭލުންތެރިކުރުމަށް ބޭއްވި ދެވަނަ ހިނގާލުމެކެވެ.

“ރޯޑް ސޭފްޓީ ވޯކް” ގެ ނަމުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާއްމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ހިންގޭ ޤައުމީ ހަރަކާތް ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެލެއްވެވީ މަގުމަތީގައި ހިނގާ އެކްސިޑެންޓެއްގެ ޝިކާރައަކަށްވެ ދަރިއަކު ދުނިޔެ ދޫކޮށް ދާންޖެހުމަކީ އެއްވެސް މީހަކު އެދޭނެ ކަމެއް ނޫން ކަމަށާއި ދުވެލި މަޑުކުރުމަކީ އަޅުގަނޑުމެންގެ އަމިއްލަ ކޮންޓްރޯލްގައި އޮތްކަމެއް ކަމުގައެވެ. އަދި މަގުމަތީގައި ދުއްވާ އުޅުމުގައި މަޑު ދުވެއްޔެއް އިޙްތިޔާރު ކުރުމަށް ދިވެހި އެންމެހާ ރައްޔިތުންނަށް ނައިބު ރައީސް އިލްތިމާސްކުރެއްވިއެވެ.

ޏ.ފުވައްމުލައް

ރާއްޖޭގައި އެއްވަގުތެއްގައި ފެށިގެން ކުރިއަށް ދިޔަ މި ހިނގާލުމުގައި އެކްސިޑެންޓް ސީންއެއް ދައްކާލިއެވެ. އަދި މިފަދަ ހާދިސާއެއް ހިނގައިފިނަމަ ކަންތައް ކުރާނެ ގޮތާއި އެހާދިސާގައި އަނިޔާވާ ފަރާތްތަކަށް ފުރަތަމަ އެހީ ދޭނެގޮތާއި އުފުލާ ގެންގުޅޭނެ ގޮތުގެ މަޢުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސަސް އަދި ދިވެހި ރެޑް ކްރެސެންޓްގެ ފަރާތުން ކުރިއަށް ގެންގޮސްފައިވެ އެވެ.

“ރޯޑް ސޭފްޓީ ވޯކް” ގެ ނަމުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް އައްޑޫސިޓީގައި ބޭއްވުނު ހިނގާލުން ހުޅުއްވައިދެއްވެވީ މިނިސްޓްރީ އޮފް ހެލްތްގެ ޑިޕިއުޓީ މިނިސްޓަރ ނިޝާ މުޙައްމަދެވެ.

އައްޑޫސިޓީގެ ހިނގާލުން ފައްޓަވައި ދެއްވުން – ޑެޕިއުޓީ މިނިސްޓަރ ނިޝާ މުޙައްމަދު