English Edition
Dhivehi Edition

ބެލުންތެރިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި ދިޔާ އޯރް ބާތީ ހަމްގެ ބަތަލާ ދީޕިކާ ސިންގް(ސަންދިޔާ)އަށް ފިރިހެން ކުއްޖައް ލިބިއްޖެއެވެ. މީގެ 3 އަހަރު ކުރިން މަޝްހޫރު ޑައިރެކްޓަރު ރޯހިތް ރާޖް އާއި ކައިވެނިކޮށްފައިވާ ދިޕިކާ، 20 މެއި 2017 ވަނަ ދުވަހު ވިހާފައިވާއިރު ދެމައިންގެ ހާލުވެސް ރަގަޅުކަށް ރޯހިތްވަނީ ބުނެފައެވެ. “އަހަންނަށް ލިބިފައިވާ އުފަލަކީ ބަޔާންކޮށްދޭންވެސް ދަތި އުފަލެއް. ދެމައިންވެސް ރަގަޅު، މިވަގުތު ދީޕިކާއަށް ޑޮކްޓަރުވަނީ އަރާމުކުރުމަށް އަންގާފަ. މީ ހަޔާތުގަވެސް އައި އެންމެ އުފާވެރި ދުވަސް” ރޯހިތު ބުންޏެވެ. 2 މެއި 2017 ވަނަ ދުވަހު ކައިވެންޏަށް 3 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ދީޕިކާ ވަނީ އޭނާ ބަނޑުބޮޑު އިރުގެ ފޮޓޯތަކާއެކު ފިރިމީހާގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.ދީޕކާގެ އިންސްޓަގްރާމްގައި އޭނާ ވަނީ ހެޔޮއެދޭ މީހުންނާއި ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފައެވެ. “ހުރިހާ އެންމެނަށްވެސް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ތި ދޭ ލޯތްބާ އަޅާލުމަށްޓަކައި. މި ވަގުތު އަހަރެމެން ތި އެންމެންގެ ހެޔޮ ދުޢާ ވަރަށް ބޮޑަށް ބޭނުންވޭ.” ފޮޓޯތަކުގެ ކެޕްޝަންގައި ދީޕިކާ ލިޔެފައިވެއެވެ. ދިޔާ އޯރް ބާތީގައި އޭސީޕީއެއްގެ ރޯލުން ބެލުންތެރިންގެ ލޯބި ހޯދާފައިވާ ސަންދިޔާ 2016 ވަނަ އަހަރު ސެޕްޓެމްބަރު މަހު އެ ޑްރާމާ ކުޅުން ހުއްޓާލުމަށްފަހު ދެން ފެނިގެން ދިޔައީ ފިރިމީހާ ރޯހިތް ޑައިރެކްޓް ކޮށްފައިވާ ވެބް ސީރީސް އަކުންނެވެ.