English Edition
Dhivehi Edition

މަޝްޙޫރު ލަވަކިޔުން ތެރިޔާ ނޭހާ ކައްކަރު ކުޑަކުޑަ ބަނޑަކާއެކު، އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއާއި އެކު ގިނަ ބަޔަކުވަނީ އެދެމަފިރިންނަށް މަރުހަބާ ކިޔާފައެވެ. އެހެންނަމަވެސް ނޭހާގެ މި ފޮޓޯގައި އޭނާ ބަލިވެއިންކަމަށް ބުނެފައިނުވާއިރު، މި ފޮޓޯގެ ކެޕްޝަންގައި ނެހާ ވަނީީ “ޙަޔާލް ރަކެޔާ ކަރް”މިހެން ލިޔެފައެވެ މި ކެޕްޝަންގެ ޖަވާބުގައި ‘މިހާރު އަދި މާ އަޅާލަންޖެހޭކަމަށް’ ރޯހަން ބުނެފައިވާއިރު ގިނަ ބަޔަކުވަނީ މި ޕޯސްޓުގެ މާނަ އަކީ ނޭހާއަށް ދަރިއަކު ލިބެން އުޅޭ ވާހަކަކަމަށް ބުނެފައެވެ. މީގެ އިތުރުން ނޭހާގެ ބޭބެ ލަވަކިޔުންތެރިޔާ ޓޯނީ ކައްކަރް ވެސް ވަނީ ބޮޑުބޭބެއަކަށް ވާން އުޅޭ ކަމަށް ބުނެފައެވެ،

މިދިޔަ އޮކްޓޯބަރު މަހު 24 ވަނަ ދުވަހު ކައިވެނި ކުރި ނޭހާ ސޯޝަލް މީޑިއާއަށް ދޫކޮށްލި މި ފޮޓޯއާއި އެކު ބަޔަކުވަނީ ނޭހާ އަށް ގިނަ ސުވާލުތަކެއްވެސް ކުރިމަތިކުރުވާފައެވެ. މި ގޮތުން ކައިވެންޏަށް ދެމަސްވި އިރު އެހާ ބޮނޑުބަޑެއް ހުރީ ކީއްވެތޯވެސް ގިނަ ބަޔަކުވަނީ ސުވާލުކޮށްފައެވެ. މީގެ އިތުރުން ކައިވެނީގެ ކުރިން ނޭހާ ބަނޑުބޮޑުކަމަށް ބުނެ ބައެއް މީޑީއާތަކުން ވާހަކަދައްކާފައިވާއިރު، ގިނަ ބަޔަކުވަނީ އެއީ ޕަބްލިސިޓީ ސްޓަންޓެއްކަމަށްވެސް ބުނެފައެވެ.

މި ގޮތުން ނޭހާ މި ފޮޓޯ ހިއްސާކުރިތާ މާގިނަ އިރުތަކެއް ނުވަނީސް ރޯހަން އާއި އެކު މުމްބާއީގެ އެއާޕޯޓްގައި ހަރަކާތްތެރިވާ ފޮޓޯއެއްވަނީ މީޑިއާގައި ދައުރުވާން ފަށާފައެވެ. ނޭހާގެ މި ފޮޓޯއިން، ކުރިން ހިއްސާކުރި ފޮޓޯއިން ފެންނަގޮތަށް ބޮޑު ބަނޑުބޮޑެއް ފެންނާކަށްނެތެވެ. ފިޔާތޮށި ކުލައިގެ ޓުރެކް ޝޫޓަކާއި ކަޅުކުލައިގެ ޓީޝާޓެއްގައި ހުރި ނޭހާ އަތް ދަބަހުން އޭނާގެ ބަނޑު ފޮރުވާފައިވާއިރު ގިނަ ބަޔަކުވަނީ ނޭޙާ ބަނޑުބޮޑުކަމަށް ގަބޫލުނުކުރާ ކަމަށް ބުނެފައެވެ. އަދި ނޭޙާ ހިއްސާކުރި އެ ފޮޓޯއަކީ އެމީހުންގެ އާ ލަވައެއްކަމަށްވާ “ޙަޔާލް ރަކެޔާ ކަރް” ގެ ޕޮރޮމޯޝަންއަށް ކުރިކަމެއްކަމަށްވެސް ގިނަ ބަޔަކުވަނީ ބުނެފައެވެ.

އިންޑިއަން އައިޑޮލްގެ އަދިތްޔާ އާއި ނެހާ ކައިވެނިކުރަނީތަ!

މީގެ ކުރިންވެސް މިކަހަލަ ގޮތްގަޮތަށް، ނޭހާ ޝޯތަކުގެ ޕްރޮމޯޝަންތައް ޖައްސާފައިވާއިރު ނެހާ އާއި އަދިތްޔާ ނާރެއިން ގެ ކައިވެނީގެ ހަބަރު އިންޑިއަން އައިޑޮލް11 ގައި އެ ދެފަންނާނުންވަނީ އިއުލާންކޮށްފައެވެ. މި ޝޯގައި އަދިތްޔާގެ މަންމަ އާއި ނެހާގެ މައިންބަފައިންވަނީ އެ ދެ މީހުން ކައިވެނީގެ ވާހަކަ ވަރަށް ބޮޑަށް ދައްކާފައެވެ. އެހެންނަމަވެސް ފަހުން އެމީހުންވަނީ އެއީ ޝޯގެ ފްރޮމޯޝަނެއްކަމަށް ބުނެފައެވެ.