Indian Idol ge Neha aai Aditya kaiveni kuraneetha! - AO News
English Edition
Dhivehi Edition

Worldwide

  • 19,395,730confirmed
  • 12,453,855recovered
  • 6,221,633active
  • 720,242deaths

Maldives

  • 4,769confirmed
  • 2,754recovered
  • 1,996active
  • 19deaths

ކޮވިޑް 19 ކަވަރޭޖް

7 މަސް ކުރިން

ނެހާ ކައްކަރް އާއިއަދިތްޔާ ނާރެއިން ގެ ކައިވެނީގެ ހަބަރު އިންޑިއަން އައިޑޮލް11 ގައި އިއުލާން ކުރުމާއެކު ގިނަ ބަޔަކަށް ލިބިގެން ދިޔައީ ބޮޑު ހައިރާންކަމެކެވެ. އެ ޝޯގެ އެއް ޖަޖު ކަމުގައިވާ ނެހާ އާއި ޝޯ ހުށަހަޅައިދޭ އަދިތްޔާ ލޯބީގެ ގޮތުން ގުޅުނީ ކޮން ދުވަހަކުތޯ ގިނަ ބަޔަކު ވަނީ ސުވާލުކޮށްފައެވެ. އެހެންނަމަވެސް މި ސުވާލުތަކަށް އެކަށީގެންވާ ޖަވާބެއް ނުލިބި މި ވަނީ މި ދެތަރިން ކައިވެނިކުރާނެ ތާރިހްވެސް ކަނޑައަޅާ ނިންމާފައެވެ.

އިންޑިއަން އައިޑޮލް ޝޯ ގެއެންމެ ފަހުން ދެއްކި އެޕިސޯޑްގައި އަދިތްޔާގެ ބައްޕަ އަދި ކުރީގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ އުދިތް ނާރެއިން އާއި އަލްކާ ގެންދިޔައީ ޝޯގެ ހާއްސަ މެހެމާނުންގެ ގޮތުގައެވެ. އެހެންނަމަވެސް އަދި މިހާ ހިސާބުން ނިމުނީއެއް ނޫނެވެ. އަދިތްޔާގެ މަންމަ އާއި ނެހާގެ މައިންބަފައިން ސްޓޭޖަށް އެރުމާއެކު ހުދު ނެހާއަށްވެސް ލިބިގެން ދިޔައީ ބޮޑު ހައިރާންކަމެކެވެ. ނެހާ އޭނާގެ މަންމަ ޝޯ އަށް އައި ސަބަބު އޮޅުންފިލުވަން ސުވާލުކޮށްލުމާއެކު އެމީހުންވަނީ ނެހާ އާއި އަދިތްޔާގެ ކައިވެނި  އަދިތްޔާގެ އާއިލާއަށް ހުށަހަޅާފައެވެ. މި ހުށަހެޅުމާއެކު އަދިތްޔާ އުފަލުން ނަށާ މަންޒަރު ފެނިގެންދާއިރު ނެހާގެ މަންމަ ވަނީ އެމީހުންނަށް އަދިތްޔާ ވަރަށް ކަމުދާކަމަށާއި އޭނާ އާއި ނެހާގެ ކައިވެނި ހަމަޖެހިފައިވާ ކަން އިއުލާންކޮށްފައެވެ.

މިއަހަރުގެ ފެބްރުއަރީމަހުގެ 14 ވަނަ ދުވަހު މި ކައިވެނި ކުރެވިގެންދާނެ ކަމަށް ދެ އާއިލާއިންވެސް އިއުލާންކޮށްފައިވާއިރު މިއީ ދެ އާއިލާއިން ބޭނުންވެގެންކުރުވާ ކައިވެންޏެއްކަން ނުވަތަ ނޫންކަން އަދި ޔަގީންވެފައެއް ނުވެއެވެ. މިކަމާއި ގުޅިގެން އަދިތްޔާ އުފަލުން އުޅޭ މަންޒަރު ފެނިގެން ދާއިރު މިކައިވެންޏާއި މެދު ނެހާ ބުނާ އެއްޗެއް އެގިގެންދާނީ މި ޝޯގެ ކުރިއަށް އޮތް އެޕިސޯޑް ބަލާލުމުންނެވެ.

ނެހާ އާއި އަދިތްޔާގެ ކައިވެނި އިއުލާންކުރުމާއެކު އަކަމުގެ އުފަލުގައި އިންޑިއަން އައިޑޮލް ސެޓްގެ އެންމެން  ބައިވެރިވެފައިވާއިރު، ބައެއް ފަރާތްތަކުން ބުނެފައިވަނީ މިއީ ޝޯގެ މާކެޓިން ސްޓަންޓަކަށްވެސް ވެދާނެ ކަމަށެވެ.