English Edition
Dhivehi Edition

ނޭހާ ކައްކަރް އާއި ފިރިމީހާ ރޯހަން ޕްރީތު ސިންގް އެކުގައި ނަގާފައިވާ ފޮޓޯގައި ކުޑަކުޑަ ބަނޑަކާއެކު ނޭހާ ލިޔެފައިވާ ކެޕްޝަންގެ ސަބަބުން މުޅި ސޯޝަލް މީޑިއާ އާއި ހަބަރު ފަތުރާ ވަސީލަތްތަކުގައި ބޮޑު ބަހުސެއް ފެށިގެން ދިޔައިރު ގިނަ ބަޔަކުވަނީ ނޭހާ ބަނޑުބޮޑުކަމަށް ބުނެ އޭނާއަށް މަރުހަބާވެސް ކިޔާފައެވެ. ނޭހާ ކުޑަކުޑަ ބަނޑަކާއެކު، އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯގައި އޭނާ ބަލިވެއިންކަމަށް ބުނެފައިނުވާއިރު، މި ފޮޓޯގެ ކެޕްޝަންގައި ނެހާ ވަނީީ “ޙަޔާލް ރަކެޔާ ކަރް”މިހެން ލިޔެފައެވެ. މި ކެޕްޝަންގެ ޖަވާބުގައި ‘މިހާރު އަދި މާ އަޅާލަންޖެހޭކަމަށް’ ރޯހަން ބުނުމާއެކު ގިނަ ބަޔަކު ހީކުރީ ނޭހާ އާއި ރޯހަން އަށް ދަރިއަކު ލިބެން އުޅެނީކަމަށެވެ.

މި ފޮޓޯއާއި އެކު ގިނަ ބަޔަކަށް ވާނުވާ އޮޅި ބޮޑު ހައިރާންކަމެއް ލިބިގެން ދިޔައިރު ކައިވެނީގެ ކުރިން ނޭހާ ބަނޑުބޮޑުކަމަށް ބުނެ ބައެއް މީޑީއާތަކުންވަނީ ނޭހާ އާއި ރޯހަން އަށް ވަރަށް ބޮޑަށް ފާޑުވެސް ކިޔާފައެވެ. އެހެންނަމަވެސް ނޭހާ އެހާ އަވަަހަށް ބަނޑުބޮޑުނުވާނެކަމަށް ބުނެ އޭނާގެ ވަފާތެރި ސަޕޯޓަރުންވެސް އެކަމުގެ ހަގީގަތް ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މި ގޮތުން ނޭޙާ ހިއްސާކުރި އެ ފޮޓޯއަކީ އެމީހުންގެ އާ ލަވައެއްކަމަށްވާ “ޙަޔާލް ރަކެޔާ ކަރް” ގެ ޕޮރޮމޯޝަންއަށް ކުރިކަމެއްކަމަށްވެސް ގިނަ ބަޔަކުވަނީ ބުނެފައެވެ.

މި ފޮޓޯ އާއި އެކު ގިނަ ބައެއްގެ ފާޑުކިޔުމާއި މަލާމަތް ނޭހާ އަށް ރައްދުވެފައިވާއިރު މިއަދު ނޭހާ ވަނީ އެ ފޮޓޯގެ ހަގީގަތް ހާމަކޮށްފައެވެ. ނޭހާ ބަލިވެއިންކަން ދައްކުވައިދޭން އިއްޔެ އިންސްޓަގްރާމްގައި ޝެއާރކުރި ފޮޓޯގެ ބެކްގްރައުންޑް މުޅިން ތަފާތުކޮށްލައި އާ ލަވައިގެ ޕޯސްޓަރު ދައްކައިލުމާއެކު ގިނަ ބަޔަކަށް ހަގީގަތް އެގިގެންދިޔައެވެ. އެ ލަވައިގެ ނަމަކީ އެ ދެ މީހުންގެ އިންސްޓަގްރާމްގައި އާންމުކުރި ޕޯސްޓްތަކުގައި ވެސް ކެޕްޝަނަކަށް ޖަހާފައި އިން “ޚިޔާލު ރައްކާ ކަރް” އެވެ. މި މަހުގެ 22 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ލަވައިގެ ޕޯސްޓަރުގައި ފެންނަނީ ބަނޑުބޮޑުކޮށް ހުރި ނޭހާ ފިރިމީހާގެ ގަޔަށް ލެނގިލައިން ހެވިފައި ހުއްޓައެވެ. މި ފޮޓޯ އާއި އެކު ނޭހާ ވަނީ އޭނާ ބަނޑިބޮޑު ނޫންކަން ޔަގީންކޮށްދީފައެވެ.

އަބަދުވެސް އާ ގޮތްގޮތަށް ޕަބްލިސިޓީ ސްޓަންޓް ޖައްސާ ނޭޙާ ވަނީ މީގެ ކުރިންވެސް މިފަދަ ސްޓަންޓެއް ޖައްސާފައެވެ. ނެހާ އާއި އަދިތްޔާ ނާރެއިން ގެ ކައިވެނީގެ ހަބަރު އިންޑިއަން އައިޑޮލް11 ގައި އިއުލާންކުރުމަށްފަހު އެއީ ޝޯގެ ޕްރޮމޯޝަނެއްކަމުގައި ނޭހާ ވަނީ ފަހުން ބުނެފައެވެ.