English Edition
Dhivehi Edition

ނޭހާ ކައްކަރް (އުފަންވީ 6 ޖޫން 1988) އަކީ އިންޑިޔާގެ މިހާރުގެ މަޝްހޫރު ލަވަކިޔުންތެރިންގެ ތެރޭގައި ފާހަގަކޮށްލެވޭ ކުޅަދާނަ ލަވަކިޔުންތެރިއެކެވެ. 2006 ވަނަ އަހަރު އިންޑިޔަން އައިޑޯލް ސީޒަން 2 ގައި ލަވަހުށައަޅައިދޭން އެރި ނޭހާ ދެން ފެނިގެން ދިޔައީ ސީޒަން 10 ގައި އެ ޝޯގެ ފަނޑިޔާރެއްގެ ގޮތުގައެވެ. އިންޑިޔާ ގެ ލަވާއި މިޔުޒިކުގެ ދުނިޔޭގައި މަޝްހޫރުކަން ހޯދި ނޭހާ ބުނީ އޭނާ މިހާރު ހުރީ ހުސްކޮށް ކަމަށެވެ.

ނޭހާއާއި ބޮލީވުޑް ގެ އެކްޓަރު ހިމާންޝް ކޯލިއާ ލޯބީގެ ގޮތުން މީގެ ކުރިން ގުޅުނު ނަމަވެސް މިހާރު އެކަން ނިމިއްޖެ ކަމަށްވެސް ނޭހާ ބުންޏެވެ.2014 ގައި ހިމާންޝް ކޯލިއާ ލޯބީގެ ގޮތުން ގުޅި އަހަރެއްހާ ދުވަހު އުޅުމަށްފަހު މިދެތަރިން ވަނީ ވަކިވެފަ އެވެ.

ނޭހާ ބުނީ ހިމާންޝް އާ އެކު އަހަރެއްހާ ދުވަހަށް އޮތް ލޯބީގެ ގުޅުމަކީ ވަރަށް ހިތްދަތި ތަޖުރިބާއެއް ކަމަށާއި އެކަމުން ސަލާމަތްވެވުނީތީ މިހާރު އުފާކުރާ ކަމަށް ނޭހާ ބުންޏެވެ.

ހިމާޝް، 29، އަކީ 2014 ގައި ފިލްމު “ޔާރިޔާން” އިން ބޮލީވުޑަށް ތައާރަފުވި އެކްޓަރެކެވެ. އެކަމަކު އޭނާއަކީ ކުޅޭނެ ރަނގަޅު ފިލްމެއް ލިބޭ އެކްޓަރެއް ނޫނެވެ.

1 ކޮމެންޓް
2019
ފެބުރުއަރީ 11, 2019
maves mihiree Huss koh