English Edition
Dhivehi Edition
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ލަފާދޭ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން - ފޮޓޯ: އީސީ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އިތުރު ނުވަ ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފިއެވެ.

އީސީން އިއްޔެ ކުރި އިޢުލާނެއްގައި ހާމަކޮށްފައިވާ ގޮތުން ކައުންސިލްތަކުގެ އިންތިޚާބުގެ 04 ކެންޑިޑޭޓަކާއި، ޑަބްލިއުޑީސީ އިންތިޚާބުގެ 05 ކެންޑިޑޭޓަކު ވަނީ ނަން އަނބުރާ ގެންގޮސްފަ އެވެ.

އެގޮތުން ކައުންސިލްތަކުގެ އިންތިޚާބުން ނަން އަނބުރާ ގެންގޮސްފައިވަނީ އަމިއްލަ ގޮތުން ހދ. ނޮޅިވަރަންފަރު ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑި އަށް ކުރިމަތިލި މުޚުލިޞާ ޢަލީ، ބިޔުޓީވިލާ / ހދ. ނޮޅިވަރަންފަރު އާއި ދ. މާއެނބޫދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑި އަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލި އަނީލާ ޢަލީ ފިރާޤް، އާބާދީވިލާ / ދ. މާއެނބޫދޫ އާއި އަމިއްލަ ގޮތުން އދ. ދަނގެތީ ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑި އަށް ކުރިމަތިލި ނާޖިހާ އިބްރާހީމް، އެންދެރިމާގެ / އދ. ދަނގެތި އަދި ނ. ފޮއްދޫ ކައުންސިލްގެ ރައީސް ކަމަށް އަމިއްލަގޮތުން ކުރިމަތިލި ކެންޑިޑޭޓް، އަޙްމަދު ޝަހެޝާން، މައުނަ / ނ. ފޮއްދޫ އެވެ.

މީގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުން ނަން އަނބުރާ ގެންގޮސްފައި ވަނީ އެމްޑީޕީގެ ފަރާތުން ނ. މާފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަށް ކުރިމަތިލި ފަރުޝާ ޝާދީ، ހަވީރީނާޒް، ނ. މާފަރު އާއި އެމްޑީޕީގެ ފަރާތުންލ. ކަލައިދޫ އަންހެނުންގެ ތަރައްޤީއަށްމަސައްކަތްކުރާ ކޮމިޓީ އަށް ކުރިމަތިލި އާމިނަތު ޢަފީފާ، މާކަރީލައިޓް، ލ. ކަލައިދޫ އާއި އެމްޑީޕީގެ ފަރާތުން ރ. މާކުރަތު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަށް ކުރިމަތިލި ސުލްޠާނާ ޢަބްދުއްރަޙީމް، ފެންބޯހުރާ، ރ. މާކުރަތު އާއި އެމްޑީޕީގެ ފަރާތުން ތ. ދިޔަމިގިލީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަށް ކުރިމަތިލި މަރްޔަމް މުޢާވިޔަތު، މަޑުފެހިވިލާ، ތ. ދިޔަމިގިލި އަދި މ. މުލި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަށް އަމިއްލަ ގޮތުން ކުރިމަތިލި މަރްޔަމް ރަޝީދާ، ބިއުޓީފުލާވަރ، މ. މުލި އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު އީސީން ހުޅުވާލާފައި ވަނީ ޖޫން 23 ވަނަ ދުވަހު އެވެ. އީސީން ބުނީ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ މުއްދަތު ހަމަވުމުގެ މަދުވެގެން 10 ދުވަސް ކުރިން މުއްދަތު ހަމަވާ ތާރީޚު އިޢުލާނު ކުރާނެ ކަމަށެވެ.