English Edition
Dhivehi Edition
ފޮޓޯ: އެމްޕީއެލް

ރާއްޖެއަށް މުދާ އެތެރެކޮށް މާލޭ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަދުވަހު ބެހެއްޓިފައިވާ މުދާތައް ނީލަމަށް ލައިފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ނީލަން ކިޔުމަށް ނިންމާފައިވާ މުދާތައް ބެލުމުގެ ފުރުސަތު އޮންނާނީ 24 ޑިސެންބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 16:00 ގައެވެ. އަދި މުދާ ބަލަން ބޭނުންނަމަ، 24 ޑިސެންބަރ 2020 ވަނަ ދުވަހުގެ 09:00ގެ ކުރިން ނީލަން މުދާބެލުމަށް އެދޭ ފޯމު ފުރިހަމަކުރަން ޖެހޭނެއެވެ.

ނީލަމުގައި ބައިވެރިވެވޭނީ 26 ޑިސެންބަރ 2020 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން، ނީލަމުގައި ބައިވެރިވުމަށް އެދި ނީލަމުގައި ރަޖިސްޓްރީ ކުރާ ފޯމު ފުރިހަމަކޮށް އެޑްވާންސް ޕޭމަންޓް ދައްކާ ފަރާތްތަކަށެވެ. އަދި ނީލަން ކިޔުން އޮންނާނީ 27 ޑިސެންބަރު 2020 ވާ އާދީއްތަ ދުވަހު 14:00 ން ފެށިގެން ކަމަށާއި، ނީލަން ކިއުން އޮންނާނީ ހެޑް އޮފީސް ގެ ބަނދަރު މާލަމުގައި ކަމަށް އެމްޕީއެލް އިން ބުންޏެވެ.

އެމްޕީއެލް އިން ވަނީ ނީލަން ކިޔަން ނިންމާފައިވާ މުދަލުގެ ލިސްޓެއްވެސް އެ އިޢުލާނާއެކު އާންމުކޮށްފައެވެ.