English Edition
Dhivehi Edition
1 ޑިސެންބަރު 2017: ޤައުމީ މިކްސް ޑަބަލްސް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޒަޔާން ޒަކީ އާއި ނަބާހާ ޢަބްދުއް ރައްޒާޤު - ފޮޓޯ: ޓްވިޓާ (ޒަޔާން)

ބެޑްމިންޓަން އެސޯސިއޭޝަން މިކްސްޑް ޓީމް ޗެމްޕިއަންޝިޕް 2020 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ އެ މުބާރާތް ބާއްވާނީ ޑިސެންބަރު 20 އާއި ޑިސެންބަރު 31 އާ ދެމެދު ކަމަށާއި، މުބާރާތް ފަށާ ތާރީޚެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހުއްދަ ލިބުމުން އިޢުލާންކުރާނެ ކަމަށާއި، މުބާރާތް ކުޅެވޭނީ މާލޭ ކުޅިވަރު އެކުވެނީގައި ކަމަށެވެ.

އެގޮތުން އެ މުބާރާތުގައި ބައިވެރިވާ ޓީމުތަކުން ފީއެއްގެ ގޮތުގައި 1،500ރ. ދައްކަންޖެހޭނެ އެވެ. އެ މުބާރާތަށް ޓީމު ލިސްޓު ހުށަހަޅަން ޖެހޭނީ ޑިސެންބަރު 16 ވަނަ ދުވަހުގެ 14:00ގެ ކުރިންނެވެ.

އެ މުބާރާތުން އެއްވަނަ އަށް ދާ ޓީމަށް މިލްކުވާ ތަށްޓާއި، ރަން މެޑަލާއި ހަނދާނީ ލިޔުމުގެ އިތުރުން 20،000ރ. ގެ ފައިސާގެ އިނާމު ލިބޭނެއެވެ. އަދި ދެވަނަ އަށް ދާ ޓީމަށް ރިހި މެޑަކަލާއި، ހަނދާނީ ލިޔުން އަދި 10،000ރ. ގެ ފައިސާ އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު، ތިންވަނަ އަށް ދާ ޓީމަށް ލޮއި މެޑަލާއި ހަނދާނީ ލިޔުން އަދި 7،500ރ. ލިބޭނެއެވެ. މީގެ އިތުރުން ތިން ވަނަ އަށް ދެ ޓީމު ހޮވިއްޖެނަމަ، ކޮންމެ ޓީމަކަށް 5،500ރ. ލިބޭނެއެވެ.

މި މުބާރާތުގެ ރެފުރީކަން ކުރައްވާނީ ޢަލީ ޢަބްދުލް ކަރީމެވެ.