އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބެޑްމިންޓަން ނެޝަނަލް ލެވަލް 1 އަމްޕަޔަރ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ،
ބެޑްމިންޓަން އެސޯސިއޭޝަނުން ހިންގުމަށް ހަމަޖެހިފައިވާ މި ކޯސް ކުރިއަށް ދަނީ 01 ސެޕްޓެމްބަރ 2022 އިން 10 ސެޕްޓެމްބަރ 2022 އަށް އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައެވެ. މި ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ގޫގުލް ފޯމް (https://forms.gle/xrxN41uFwJUW6bcx7) މެދުވެރިކޮށް 25 އޯގަސްޓް 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން ނަން ނޯޓް ކުރުމަށް ބެޑްމިންޓަން އެސޯސިއޭޝަނުން ވަނީ އެދިފައެވެ،
މީގެ އިތުރުން އެ އެސޯސިއޭޝަނުން ވަނީ މި ކޯހާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 15:30 އަށް އެއެސޯސިއޭޝަންގެ ފޯން ނަމްބަރ (3314057) އަށް ގުޅައި މައުލޫމާތު ސާފުކުރުމަށް އެދިފައެވެ.
އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި ވެސް ބެޑްމިންޓަން ކުރިއަރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު އެ ދެ ސިޓީގައި ވެސް ސިޓީ ފެންވަރުގެ މުބާރާތްތައް ދަނީ ބާއްވަމުންނެވެ. މީގެ އިތުރުން 2019 ވަނަ އަހަރު އައްޑޫ ސިޓީ ގައިވަނީ ސައުތު އޭޝިއާ އަންޑަ 21 ރިޖަނަލް ބެޑްމިންޓަން ޗެމްޕިއަންޝިޕްވެސް ބާއްވާފައެވެ.