English Edition
Dhivehi Edition

ހޮރައިޒަން އެކަޑަމީ ޓީޗާސް ޓޯނަމެންޓް 2020 ގެ ނަމުގައި އައްޑޫސިޓީގެ ސްކޫލްތަކުގެ މެދުގައި ބާއްވާ ބެޑްމިންޓަން މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ފޭދޫ ސްކޫލުން ކަށަވަރުކޮށްފިއެވެ.

މިރޭ ކުޅެވުނު ސެމީ ފައިނަލް މެޗުގައި ފޭދޫ ސްކޫލުގެ އޭ ޓީމް އަދި އައްޑޫ ހައި ސްކޫލް ބައްދަލު ކުރި މެޗު ފޭދޫ ސްކޫލުން ކާމިޔާބުކޮށްފައިވަނީ 20 ޕޮއިންޓް ހޯދައިގެންނެވެ.

މި މުބާރާތުގެ މެޗްތައް ހަމަޖެހިފައިވާ ގޮތުން ކޮންމެ މެޗެއްގައިވެސް 7 ޓައި ކުޅޭނެއެވެ. އެއީ މެންސް ސިންގަލްގެ 1 ޓައި، ވިމެންސް ޑަބަލްގެ 3 ޓައި މެންސް ޑަބަލްގެ 2 ޓައި،އަދި ވިމެންސް ސިންގަލްގެ 1 ޓައި އެވެ. މޮޅުވާ ކޮންމެ ޓައި އަކުން ޓީމަށް 3 ޕޮއިންޓް ލިބޭއިރު ޓައި އިން ބަލިވެއްޖެނަމަ ލިބެނީ 1 ޕޮއިންޓެވެ. އަދި މުޅި މެޗުން އެންމެ ގިނަ ޕޮއިންޓް ހޯދައިގެން ކާމިޔާބު ކުރާ ޓީމަށް އިތުރު 5 ޕޮއިންޓް ލިބެއެވެ.މިރޭގެ މެޗުވެސް ފަށައިފައިވަނީ ފިރިހެން ސިންގަލްސް މެޗަކުންނެވެ. އެގޮތުން މި މެޗުގައި

އެގޮތުން މިރޭ ފުރަތަމަ ކުޅެފައިވަނީ މެންސް ސިންގަލްސްގެ ޓައި އެވެ. މި ޓައިގައި އައްޑޫ ހައި ސްކޫލުގެ ކުޅުންތެރިޔާ ރާޝިދު އާއި ވާދަކޮށް ފޭދޫ ސްކޫލުގެ ކުޅުންތެރިޔާ ނިޒާރު ޓައި ކާމިޔާބުކޮށްފައިވަނީ ސީދާ 2 ސެޓުންނެވެ،

ވިމަންސް ޑަބަލްސްގެ ފުރަތަމަ ޓައިގައި މިރޭ ބައްދަލުކޮށްފައިވަނީ ފޭދޫ ސްކޫލުގެ ޝިމްޒާ އަދި އަސްމާ އާއި އައްޑޫ ހައި ސްކޫލުގެ އަޖްމީ އަދި ސާރާއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި ޓައިގެ 2 ސެޓުވެސް ކާމިޔާބުކޮށް މޮޅުވެފައިވަނީ އައްޑޫ ހައި ސްކޫލުގެ ޓީމެވެ.

މިރޭ ކުޅެވުނު މެޗުގެ 3 ވަނަ ޓައި އެއްގެ ގޮތުގައި ކުޅެފައިވަނީ މެންސް ޑަބަލްގެ ފުރަތަމަ ޓައި އެެވެ. މި ޓައިގައި ފޭދޫ ސްކޫލްގެ ނިޒާރާއި އަބްދުލް ރަޙްމާނު ބައްދަލު ކުރީ އައްޑޫ ހައި ސްކޫލްގެ ޖޯރޖް އަދި ޝާން އާއިއެވެ. ވަރުގަދަ މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗް ވަރަށް ފަސޭހަ ކަމާއެކު ނިޒާރާއި އަބްދުލް ރަހްމާނު ކާމިޔާބު ކުރީ ސީދާ 2 ސެޓުންނެވެ.

މިރޭގެ ވިމަންސް ޑަބަލްސްގެ 2 ވަނަ ޓައިގައި ފޭދޫ ސްކޫލްގެ މެތިއު އާއި ހައްވަ ކުޅުނީ ހައި ސްކޫލްގެ ރާޖޭޝް އާއި ސުމިތާއާއި ދެކޮޅަށެވެ. މި މެޗުގެ 2 ސެޓުވެސް ކާމިޔާބު ކުރީ ފޭދޫ ސްކޫލުންނެވެ.

މިރޭގެ ވިމަންސް ސިންގަލްސް ޓައި ގައި ފޭދޫ ސްކޫލްގެ ހައްވަ ބައްދަލު ކުރީ ހައި ސްކޫލްގެ އަޖްމީއާއިއެވެ. މި މެޗް ވަރަށް ފަސޭހަ ކަމާއެކު އަޖްމީ ކާމިޔާބުކޮށްފައިވަނީ 2 ސެޓުންވެސް މޮޅުވެގެންނެވެ.

ދެ ފަރާތުންވެސް ވާދަވެރިކުޅުމެއް ފެނިގެން ދިޔަ މެންސް ޑަބަލްސްގެ 2 ވަނަ ޓައިގައި ފޭދޫ ސްކޫލުގެ މެތިއު އާއި މަނޯޖް ބައްދަލުކޮށްފައިވަނީ އައްޑޫ ހައި ސްކޫލުގެ ރާޝިދު އަދި ޖޯޖާއި ދެކޮޅަށެވެ. މި ޓައިގެ ފުރަތަމަ ސެޓް ނަގައި މެޗުގެ ލީޑު ނަގައިފައިވަނީ ފޭދޫ ސްކޫލުންނެވެ. ފޯރިގަދަ ކުޅުމަކަށްފަހު މި ޓައިވެސް ކާމިޔާބުކޮށްފައިވަނީ ފޭދޫ ސްކޫލުންނެވެ.

މި މުބާރާތުގައި ވަނީ ޖުމްލަ 5 ސްކޫލަކުން 8 ޓީމެއް ބައިވެރިވެފައެވެ. މި މުބާރާތުގެ ފައިނަލް މެޗްގެ ކުޅުން މާދަމާ ރޭ ކުޅޭ އިރު ބައްދަލު ކުރާނީ ހިތަދޫ ސްކޫލާއި ފޭދޫ ސްކޫލެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ 20:00 އެވެ. މި މެޗް އޭއޯ ނިއުސް ގެ ފޭސްބުކު ޕޭޖް އިން ވަގުތުން ގެނެސްދޭނެއެވެ.