English Edition
Dhivehi Edition

އެއީ މީގެ 13 އަހަރު ކުރިއެވެ.އޭރު އަހަރެން ގެ އުމުރުން 49 އަހަރެވެ. އަހަރެންނަކީ 6 ކުދީން ގެ މަންމަ އަކީމެވެ.ތަނަކަށް ވަޒީފާ އަކަށް ނުދިޔަސް އަހަރެންނަކީ ވަރަށް ބުރަކޮށް އަވަދިނެތި މަސަކަތް ކުރާމީހެކެވެ.ފިރިމީހާ އަކީ މަހަށް ދާ މީހަކަށް ވެފައި ގެންނަ މަސް ކައްކައި އަހަރެން ހަދަމެވެ.އޭރު ކައްކަނީ ދަރު ބޭނުން ކޮށްގެން ކަމުން ގިނައިން އުޅެވެނީ އަލިފާނާ ވެސް ވަރަށް ކައިރީގައެވެ.

މިހެން އުޅެމުން ދަނިކޮށް އަހަރެން ގެ އުރަމަތީގައި ގަޑެއް ކަހަލަ އެއްޗެއް އޮތްހެން ހީވާން ފަށައިފިއެވެ.ހަމަ ރިއްސާ ވެސް ހަދައެވެ. އެހެންނަމަވެސް އެކަމަކާ އަހަރެން މާބޮޑު އަޅައެއް ނުލަމެވެ.އެއީ މާބޮޑު ކަމަކަށް ނަހަދާ އާދައިގެ މަތިން ރިއްސާ ކޮންމެ ފަހަރަކު ބާމް ކޮޅެއް ހާކާލަނީއެވެ.ތަދު ވިޔަސް އެވަރުން ފުއްދާލަމެވެ.

އޭގެ ފަހުން މިތަދުގެ ވޭން އިތުރަށް ގޯސްވާންފެށިއެވެ.އެހެންކަމުން މިވޭނަކަށް ބާމްކޮޅަކުން ވަގުތީ ލުއެއްވެސް ނުލިބެއެވެ. އެހެން ކަމުން ކޮންމެ ގޮތެއްވިއަސް ޖެހުނީ ޑަކުޓަރެއް ގެ ލަފާ ހޯދާށެވެ.އަވަހަށް މާލެ ދިޔައީމެވެ.މާލެ ގޮސް ޑަކްޓަރަށް ދެއްކުމުން އެގުނީ އުރަމަތީގެ ކެންސަރު ޖެހިފައިވާ ކަމެވެ.

އެވަގުތު ބިންގަނޑު ފައިދަށުން ދެމިގެންދިޔަ ކަހަލައެވެ.އަހަރެންގެ ހިތް ކުދި ކުދި ވިއެވެ.ހަދާނެ ނަހަދާނެ ގޮތެއްވެސް ނޭގުނެވެ.އަހަރެންނަކީ ތަނަވަސްކަން ހުރި މީހަކަށް ނުވާތީ ،ރާއްޖެއިން ބޭރަށްދާން މީހުންގެ އެހީ ހޯދީމެވެ.އަދި ވިހާވެސް އަވަހަކަށް ރާއްޖެއިން ބޭރަށް ދިޔައީމެވެ.ކަންތައް ހިނގާ ދިއައީ ވެސް އަހަރެން ހީކުރި ގޮތާ މުޅިން ހިލާފަށެވެ.އަހަރެން ގެ އުރަމަތި އެއްކޮށް ގޮތަކައް ކަނޑާފިއެވެ.ޑޮކްޓަރުން އެންގީ ހަމައެކަނި އޮށް ގޮތަކީ އެއީކަމަށެވެ.

މިހުރިހާ ތަކުލީފު ތަކަށް ފަހު އަހަރެން ރަށަށް އައީމެވެ.އޯގާތެރި ކަމާއި އެހީތެރިކަން ރައްޓެހީންނާއި އަވަޓެރީން ގެ ފަރާތުން ބޭނުން ވި އިރެވެ.އެހެންނަމަވެސް ލިބުނީ އިތުރު ހިތްދަތި ކަމެކެވެ.ގިނަ މީހުން އަހަރެން ގެ ގެއަށް އަންނަން ވެސް ޖެހިލުން ވިއެވެ.އެއީ އެމީހުން ނަށް މިބަލި އަރާފާނެކަމަށް ހީކޮށެވެ.އަހަރެން ވަރަށް ދެރަވިއެވެ.

އުރަމަތީގެ ކެންސަރާ ބެހޭގޮތުން އެހާ ބޮޑު މައުލޫމާތެއް އަހަންނަކަށް ނޭގެއެވެ.އަހަރެން ނަކީ ދުންފަތުގެ އިސްތިއުމާލް ކުރާމީހެއް ނޫނެވެ.ދުފާ ހަދާ މީހެއްވެސް ނޫނެވެ.އަހަންނަށް އަޑު އިވޭ ގޮތުގައި މީހުން ކެންސަރު ޖެހެނީ މިފަދަ ކަންތައް ކޮއްގެންނެވެ.

މިހާރު އަހަރެން މިޖެހެނީ ކޮންމެ އަހަރަކު ރެގިއުލާ ޗެކަޕް ހަދާށެވެ.އެދުވަސްތަކަކީ ވޭންހުރި ހިއްދަތި ތަޖުރިބާއެއްކުރެވުނު ދުވަސްތަކެކެވެ.މާތް ﷲ ގެ ރަހުމަތް ފުޅުން މިހާރު އަހަރެން ގެ ހާލަތު ރަނގަޅެވެ.

 

ޓެގު