English Edition
Dhivehi Edition

ހުޅުދޫ އަވަށު އޮފީހުގެ ޑިރެކްޓަރ ގެ މަގާމްގައި ހުންނެވި މޫސާ ސިއްދީގު އެމަގާމުން ވަކިކުރުމަކީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބަޔަކު ހިންގާފައިވާ ޖަރީމާއެއްކަމަށް ހުޅުދޫ ދާއިރާގެ ކައުންސިލަރ އިބްރާހީމް ޝުކުރީ ވިދާޅުވެއްޖެއެވެ.

އޭއޯ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މޫސާ ސިއްދީގް ވަޒީފާއިން ވަކިކޮށްފައިވަނީ މި މަހުގެ 09 ވަނަ ދުވަހުގައެވެ. މޫސާ ސިއްދީގް ފޭސްބުކް ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެއްވެސް ސުވާލެއް ނުކޮށް، އެއްވެސް މައުލޫމާތެއް ނުދީ، އެއްވެސް މައުލޫމާތެއް ނުހޯދާ ސިވިލް ސާވިސް އޮފީހެއްގެ މުއައްޒަފަކު ވަޒީފާއިން ވަކިކުރުމަކީ ކޮން ޤަވައިދެއްގެ، ކޮން ޤާނޫނަކުން ކޮން ފަރާތަކަށް ލިބިފައިވާ ހައްގެއްތޯ ވިދާޅުވެ ސުވާލު އުފައްދާފައެވެ.

މޫސާ ސިއްދީގް މަގާމުން ވަކިކުރުމާއި ގުޅިގެން ‘އޭއޯ’ އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޝުކުރީ ވިދާޅުވީ ހުޅުދޫ އަވަށު އޮފީހުގެ ޑިރެކްޓަރ މޫސާ ސިއްދީގް ވަޒީފާއިން ވަކިކުރިކަން އަދިވެސް، ރަސްމީކޮށް ހުޅުދޫ ކައުންސިލަރ އަށް އަންގާފައިނުވާކަމަށާއި ކައުންސިލް އިދާރާއިން ކުރާކަންކަން ދާއިރާގެ ކައުންސިލަރަށް އަންގަންޖެހޭނެކަމަށެވެ. “ލާމަރުކަޒީ ގާނޫންގެ 7/2010 ޤާނޫނުގެ 130 ވަނަ މާއްދާގައި ބުނާ ގޮތުން ކައުންސިލް އިދާރާއަށް މުއައްޒަފުން އައްޔަންކުރުމާއި، ވަކިކުރުމަކީ ކައުންސިލަރުގެ މަޝްވަރާގެ މަތިން ސިވިލް ސާވިސް އިން ކުރަން ޖެހޭނެ ކަމެއް” ޝުކުރީ ވިދާޅުވިއެވެ. މީހަކު ވަޒީފާއިން ވަކިކުރާއިރު ކައުންސިލްގެ ކަންކަން ބެލެހެއްޓުމާއި ކައުންސިލް އުފެއްދި ކަންކަން ހާސިލްކުރުމަށް, މަސައްކަތްކުރަން ރައްޔަތުން އިންތިހާބުކޮށްފައިވާ ކައުންސިލަރުންނަށް ނޭގުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަން ފާހަގަކޮށް ޝުކުރީ ވިދާޅުވީ މީހަކު މައްސަލައެއް ހުށަހެޅިނަމަވެސް، ކައުންސިލަރާއި އެކަމާއި ގުޅޭ ގޮތުން އަދި އެމީހާގެ އުޅުމާއި، ކަންކަމާއި ބެހޭ ގޮތުން މަޝްވަރާކުރުމަކީ ކުރަންޖެހޭ ކަމެއްކަމަށެވެ.

މޫސާ ސިއްދީގް ވަޒީފާއިން ވަކިކޮށްފައިވާކަން އެންގުމަށް ފޮނުވި ލިޔުމާއި ގުޅޭ ގޮތުން ޝުކުރީ ވިދާޅުވީ އެ ލިޔުމުގައި ނޯޓެއްގެ ގޮތުގައި ވަޒީފާއިން ވަކިކޮށްފައިވަނީ މައްސޫލު އޮފީސް(ކައުންސިލް އިދާރާ) އިން ފޮނުވި މައުލޫމާތުގެ މައްޗަށް ބަލާފައިކަށް ބުނެފައިވާކަމަށެވެ. އަދި އެ މައުލޫމާތާކީ ދޮގު މައުލޫމާތުކަން ސާބިތުކޮށްދީފިނަމަ އެ ޗިޓް ބާތިލްވާނެކަމަށްވެސް ލިޔުމުގައި ބަޔާންކޮށްފައިވާކަމަށް، ޝުކުރީ ވިދާޅުވިއެވެ. “ވަޒިފާ އިއުލާންކޮށް ބުރަ މަސައްކަތްކޮށްގެން، އެލްޖީއޭގެ އެސިސްޓެންޓް ޑިރެކްޓަރެއްގެ މަގާމުގަ ހުންނަވާފަ، މިރަށަށް ދިރިއުޅުން ބަދަލުކުރީ ރަށަށް ހިދުމަތް ކުރުމުގެ ހެޔޮ ނިޔަތުގައި. މިއީ ވަރަށް ދެރަކަމެއް. އަޅުގަނޑަށް ރަނގަޅު ސިއްދީގު މަގާމަށް ގެނެސް އަޅުގަނޑު ވަޒީފާއިން ވަކިކޮށްލިއަސް.” ޝުކުރީ ވިދާޅުވިއެވެ.

ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި ޑިރެކްޓަރު ވަޒީފާއިން ވަކިކުރި މައްސަލަ އެޖެންޑާ ކޮށްދެއްވުމަށް މޭޔަރުގެ އަރިހުގައި އެދުމުންވެސް އެކަން ކޮށްދެއްވާފައި ނުވާކަން ފާހަގަކޮށް ޝުކުރީ ވިދާޅުވީ ލާމަރުކަޒީ ގާނޫނުގައި ބުނާ ގޮތުން ކައުންސިލަރުން ހުށަހަޅާ މައްސަލަ ހުށަހަޅާ ތަރުތީބުން އެޖެންޑާ ކުރަން ޖެހޭ ކަމަށެވެ. އިތުރަށް ޝުކުރީ ވިދާޅުވީ މީހެއްގެ ހައްޤާއި ގުޅިފައިވާ ކަމެއްގެ އިތުރުން ކައުންސިލްގެ ހިއްސާ އޮންނަޖެހޭ ކަމެއްގައި ކައުންސިލްގެ ހިއްސާއެއް ނެތުމުން ކުއްލި މައްސަލައެއް ހުށަހެޅަން ބޭނުންވުމުންވެސް އެ ފުރުސަތު ދީފައިނުވުމުން ޖަލްސާ ތެރެއިން މޭޔަރާއި އެ ސުވާލު ކުރައްވާފައިވާކަމަށެވެ. “އެ ސުވާލުގެ ޖަވާބުގައި މޭޔަރު ވިދާޅުވީ ސިވިލްސާވިސް ކޮމިޝަނުން ނިންމާފައިވާ މައްސަލައެއް އެޖެންޑާކޮށްގެން ބަހުސްކުރިއަސް ކައުންސިލަކަށް އެކަމުގައި ކުރެވޭނެ ކަމެއް ނޯންނާނެކަމަށް. އެކަމަކު ހަމަ އެ ދުވަހު ކޯޓުންކޮށްފައިވާ ހުކުމަކާއި ގުޅޭ ގޮތުން ވާހަކަދައްކާ އަލުން އެ މައްސަލަ އިސްތިއުނާފްކުރުމަށް ނިންމި. ހުކުންތަކާއި ބެހޭ ގޮތުން މަޝްވަރާކުރެވޭ. ސިވިލް ސާވިސްގެ ނިންމުމާއި ބެހޭ ގޮތުން ނުކުރެވޭ. އަޅުގަނޑު ދަންނަވާނީ މިއީ ސިވިލް ސާވިސްގެ ނިންމުމެއް ނޫނޭ. ވަޒީފާއިން ވަކިކުރިއަސް، މޫސާ ސިއްދީގްގެ ހިމާޔަތުގައި ހުންނަވާނެކަން ފާހަގަކުރައްވަމުން ޝުކުރީ ވިދާޅުވިއެވެ.

މިމައްސަލައާއި ގުޅޭ ގޮތުން އައްޑޫސިޓީގެ މޭޔަރ ޢަބްދުﷲ ސާދިޤު ވިދާޅުވީ ވަކިކުރި މުވައްޒަފާގުޅޭގޮތުން ދެކެވެމުންދަނީ ޙަޤީޤަތާއި ޚިލާފު ވާހަކައެއް ކަމަށާއި ކައުންސިލްގެ އިސްފަރާތްތަކުން ކަމުގެ ޙަޤީޤަތް އޮޅޭ ގޮތަށް މިފަދަ ވާހަކަތައް ފެތުރުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ.

” ޕްރޮބޭޝަން ގައި ހުރި އެ މުވައްޒަފު ވަޒީފާއިން ވަކި ކުރެވިފައިވަނީ ދިމާވި މައްސަލައެއް ތަޙުޤީޤު ކުރުމަށްފަހު ސާބިތުވާ ކަންތައްތަކެއް ހުރުމާއެކު މުވައްޒަފުން ވަޒީފާއިން ވަކިކުރުމާ ގުޅޭގޮތުން ސިވިލްސާވިސް ކޮމިޝަނުން އެކުލަވާލާފައިވާ ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިން”. މިއީ ވަރަށް ހިތާމަ ހުރި ކަމެއް މިފަދަ ވާހަކަތައް މިހެން ފެތުރުން” . މޭޔަރ އިތުރަށް ވިދާޅުވީ މިމައްސަލަ ހިނގާދިޔަ ގޮތް ވަރަށް އަވަހަށް ރައްޔިތުންނާއި ޙިއްސާ ކުރައްވާނެ ކަމަށެވެ.

މޫސާ ސިއްދީގު ހުޅުދޫ އަވަށު އޮފީހުގެ ޑިރެކްޓަރ ގެ މަގާމް ހަމަޖެހިގެން ހުޅުދޫ އޮފީހުގައި މަސައްކަތް ކުރައްވަން ފައްޓަވާފައިވަނީ އޮކްޓޯބަރ މަހުގެ އެއްވަނަ ދުވަހުއެވެ.

 

2 ކޮމެންޓް
ރޯނު އެދުރު
ޑިސެމްބަރު 14, 2020
ސިވިލް ސާވިސް މާގާމަކުން ވަކި ނުކުރެވޭނޭ ހިތުހުރި ގޮތަކަށް، ތިވައްތަރަށް މީހުން ވަކިކުރަން ބޭނުމިއްޔާ ނުކިޔަވާ ތިބި އެކްޓިވިސްޓުން ލާންވީ ނުން ޑިރެކްޓަރަކަށްވެސް،
kathuru
ޑިސެމްބަރު 12, 2020
hehehehe... probation ei hishi kama ekalo ah niengei dheee thevara usooluge vaahaka dhakkako... vazeefaa dhineee civil service innn. gamaaru councillor ah niengei dheee eieee ehenn thaaan kann.