English Edition
Dhivehi Edition

ގއ.މާމެންދޫއިން މަހަށް ނުކުމު އުޅުނު ދޯންޏެއްގައި ހުރި މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އެމްއެންޑީއެފްއިން މިއަދު ބުނީ، ގއ. އެކަފަރުގެ އިރު އުތުރުން 1.5 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަމުންދިޔަ “ކޯމަސް” ދޯނީގައި ހުރި 36 އަހަރުގެ ދިވެހި ފިރިހެނެއްގެ ލޮލަށް ބުޅިއެއް ހެރިގެން އުޅޭކަމުގެ ރިޕޯޓު މިއަދު ހެނދުނު 11:30ގައި ލިބިފައިވާ ކަމަށެވެ.

އެމްއެންޑީއެފްއިން ބުނީ އެކަމުގެ ރިޕޯޓު ލިބިގެން އަވަސް ފަރުވާއަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު އެ މީހާ ގއ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔުމަށް ހަރަކާތްތެރިވެފައިވާ ކަމަށެވެ. ކޯސްޓްގާޑުގެ އެހީތެރިކަމާއެކު އަނިޔާވި މީހާ 13:30 އެހާކަންހާއިރު ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު މިހާރު އޭނާއަށް ދަނީ ފަރުވާދެމުންނެވެ.