English Edition
Dhivehi Edition
މަސްވެރިން

މަސްވެރިކަމުގެ ދާއިރާ އިތުރަށް ތަރައްގީ ކުރުމަށް ޖަޕާނުގައި ބޭއްވި ތަމްރީން ޕްރޮގްރާމް 6 ފަރާތަކުން ފުރިހަމަކޮށްފިއެވެ.

‘އޮފް ބުލޫ އިކޮނޮމީ އިން ދަ ފިޝަރީޒް ސެކްޓާ’ ޕްރޮޖެކްޓުގެ ދަށުން ޖަޕާންގެ ޝިކޮކުގައި މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުން ފެށިގެން އެ މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ތަމްރީން ޕްރޮގްރާމް މައިގަނޑު ގޮތެއްގައި ރާވާފައިވަނީ ކަނޑުމަހުގެ ތަފާތު ބާވަތްތަކުން ޖަޕާނުގައި ތައްޔާރުކުރާ ބާވަތްތައް ތައްޔާރުކުރާ ގޮތާއި، ބަންދުކުރާގޮތާއި، މާކެޓްތަކަށް ވިއްކުމުގެ ކުރިން ކޮންމެ ބާވަތެއްވެސް ކަޑައްތުކުރާ މަރުޙަލާތަކާ ގުޅޭ މައުލޫމާތު ލިބިދޭ ގޮތަށެވެ.

ޖަޕާންގެ ޝިކޮކުގައި ހިންގުނު މި ތަމްރީނުގައި ބައިވެރިވެފައިވަނީ ރ.މަޑުއްވަރި، މ.ދިއްގަރު، އަދި ފ.ނިލަންދޫ އިން ކޮންމެ ރަށަކުން ދެ ބައިވެރިނެވެ. މީގެ އިތުރުން މި ތަމްރީން ޕްރޮގްރާމްގައި މަސްވެރިކަމުގެ ވުޒަރާގެ ޑެޕިޔުޓީ ޑިރެކްޓާ ޖެނަރަލް އާދަމް މަނިކު އާއި ޑިރެކްޓަރު އާމިނަތު ނާޒިމާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ފިޝަރީސް މިނިސްޓްރީން ބުނީ މި ދަތުރުގައި ޖަޕާނުގެ ޝިކޮކުގެ ތިން ޕްރިފެކްޗަރެއްގެ ތަފާތު އެކި ތަންތަނަށް ޒިޔާރަތްކޮށް ކަމާ ގުޅޭ ތަމްރީނާއި ތަޖްރިބާ ބައިވެރިން ހޯދާފައިވާކަމަށެވެ.