English Edition
Dhivehi Edition
ޔޫތު މިނިސްޓަރ އަޙްމަދު މަހުލޫފް - ފޮޓޯ: ނިޝާން އަލީ (މިހާރު)

ސްޕޯޓްސް މިނިސްޓްރީ އާއި ސްޕެޝަލް އޮލިމްޕިކްސް ކޮމިޓީ އަދި މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޅިވަރު ކުޅުމުގެ ފުރުސަތުތައް އިތުރުކުރުމަށް ހާއްސަ ޕްރޮގްރާމެއް ފަށައިފި އެވެ.

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ރާއްޖޭގެ ކުޅިވަރު ދާއިރާގައި ކުރިއަށް ދިޔުމަށް އެހީވެދިނުމުގެ ގޮތުން ފެށި މި ޕްރޮގްރާމް އިފްތިތާހުކޮށްފައި ވަނީ މިއަދު ޔޫތް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ޔޫތު މިނިސްޓްރީން ބުނީ މި ޕްރޮގްރާމްގައި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ތެރެއިން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް, އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި ބެޑްމިންޓަން އެސޯސިއޭޝަންގެ އިތުރުން ސްވިމިން އެސޯސިއޭޝަން އިން ބައިވެރިވެފައިވާ ކަމަށެވެ.އަދި މީގެ ކުރިންވެސް ޕެރަ އޮލިމްޕިކް ކޮމިޓީ އަދި ސްޕެޝަލް އޮލިމްޕިކް ކޮމިޓީއެއް ހަދައިން މި މަސައްކަތް ކޮށްފައިވީ ނަމަވެސް، ބެލެނިވެރިން އެދިވަޑައިންނަވާ ވަރަށް މަސައްކަތް ކުރެވިފައި ނުވާކަމަަށެވެ.

އިތުރަށް މަހްލޫފް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން މިވަގުތު މަސައްކަތް ފަށަން ޖެހިފައިވަނީ މާލޭ ސަރަހައްދުގައި ކަމަށާއި ނަމަވެސް ޖާގަ ލިބެމުންދާ މިންވަރަކުން އަތޮޅު ތެރެއަށް ވެސް މި ހަރަކާތް ފުޅާކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި އެސޯސިއޭޝަންތަކާއި ގުޅިގެން ހާއްސަ ކޮމިޓީއެއް އުފެއްދުމުގެ މަސައްކަތްވެސް މިހާރު ކުރަމުން ދާ ކަން ފާހަގަކުރައްވަމުން މަހްލޫފް ވިދާޅުވީ މިހާރު މާލޭ ސަރަހައްދުގައި މިކަން ފެށިނަމަވެސް މުޅި ރާއްޖެއަށް މިކަން ފުޅާކުރުމަށް މަސައްކަތް ކުރާނެކަމަށެވެ.

ފުޓްބޯޅަ އާއި އެތްލެޓިކްސްގެ އިތުރުން ސްވިމިންގް އާއި ބެޑްމިންޓަނަށް މިވަގުތު ރެޖިސްޓްރޭޝަން ހުޅުވާލާފައިވައިވާއިރު ޔޫތު އެކަމަޑޭޝަން ބްލޮކްގައި ހުންނަ ސްޕެޝަލް އޮލިމްޕިކް ކޮމިޓީގެ އޮފީހުންނާއި އޮންލައިންކޮށް ފޯމް ލިބެން ހުންނާނެކަމަށް މިނިސްޓްރީންވަނީ ބުނެފައެވެ.އިތުރަށް މިނިސްޓްރީން ބުނީ މި މަހުގެ 31 ވަނަ ދުވަހާ ހަމައަށް ދަފްތަރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިރު މިހާރު ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އަންނަ ޖެނުއަރީ 10ގައި ތަމްރީނުތަކެއް ބާއްވާނެ ކަމަށެވެ،