އައްޑޫ ސިޓީ ހިތަދޫ އަވަށުގެ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ލިސްޓް އަޕްޑޭޓް ކުރުމުގެ މަސައްކަތް ހިތަދޫ އަވަށު އޮފީހުން ފަށައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ އިން ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން ހިތަދޫ އަވަށުގައި ތިބި އެފަދަ ފަރާތްތަކުގެ މަޢުލޫމާތު ކަށަވަރު ކުރުމަށް ފޮނުވާފައިވާ ލިސްޓް އަޕްޑޭޓް ކުރުމުގެ މަސައްކަތް އަވަށުއޮފީހުން ކުރިއަށް ގެންދާކަމަށެވެ.
އެހެންކަމުން އެފަދަ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ އަށް ފޯމު ހުށަހަޅާފައި ނުވާ ފަރާތްތަކުން ޑޮކްޓަރުގެ ލިޔުމާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި އެކައުންޓް ވެރިފައިކުރާނެ ލިޔުމެއް ފޯމާއިއެކު އެއޮފީހަށް ހުށަހެޅުމަށް ކައުންސިލުން ވަނީ އެދިފައެވެ.
މި ކަމަށް އެދި ހުށަހަޅާ ފޯމު ލިބެން ހުންނާނީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެދުނު 08:00 އިން 14:00 އަށް އެއޮފީހުގެ ކައުންޓަރުންނާއި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ ގެ ވެބްސައިޓުން (www.nspa.gov.mv) ނެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ ދަފްތަރު އެކުލާވާލުމުގެ މަސައްކަތް ހިގަމުންދާއިރު ފޯމު ބަލައިގަންނަ، އެންމެ ފަހު ތާރީޚާކީ 27 މާރިޗް 2022 ވާ އާދީއްތަ ދުވަހުގެ 12:00ގެ ކުރިންކަމަށެވެ