English Edition
Dhivehi Edition
ފުލުހުންގެ ހިދުމަތަށް 90 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސް ވާހަކަދައްކަވަނީ

ނުކުޅުދެންތުރިކަން ހުންނަ މީހުންނަށް ދޭ އެލަވަންސް ގިންތިކޮށް 3,000 ރުފިޔާއަށް ބޮޑުކޮށްފިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖެންޑާ މިނިސްޓްރީން ބުނީ އެ އަދަދު އިތުރު ކުރުމަށްޓަކައި ގިންތިތަކެއް ހަދައި، 6،000 ރުފިޔާއާ ހަމައަށް އެ އެލަވަންސް ބޮޑު ކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނިންމާފައިވާ ކަމަށެވެ.

މި ގޮތުން ޖޫން މަހުން ފެށިގެން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސް އެންމެ މަދުން ލިބޭ މީހަކަށް ވެސް 3000 ރުފިޔާ ލިބޭނެއެވެ.

  • އަމިއްލައަށް ނޫޅެވޭ މީހުންނަށް 2000 ރުުފިޔާގެ އެލަވަންސެއް ލިބޭނެ
  • އަސާސީ ބޭނުންތަކަށް ސެލްފް ކެއާ އެލަވަންސެއް ތައާރަފްކޮށް 1000 ރުފިޔާ ލިބޭނެ
  • ގޭބިސީއެއްގައި ނުކުޅެދުންތެރިކަން ހުންނަ 3 މީހުންނަށްވުރެ ގިނައިން ތިބި ނަމަ މީހުން ތިބި ނިސްބަތުން 1000 ރުފިޔާގެ އެލަވަންސެއް ލިބޭނެ

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލެވެންސް ގިންތި ކުރުމުން، ކުރިއަށް އޮތްތަނުގައި އެންމެ ބޮޑުކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 6000 ރުފިޔާ ލިބޭނެއެވެ.

މީގެ ކުރިން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެމުންދިޔައީ މަހަކު 2000 ރުފިޔާއެވެ.