English Edition
Dhivehi Edition

މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށާއި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ސަބަބުން މަސްވެރިންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން، ރާއްޖޭގެ 13 ސަރަހައްދަކުން މަސްވެރިންނަށް އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، މިފްކޯ އަދި އެފްއެސްއެމް މެދުވެރިކޮށް މި މަޝްރޫއު މިހާރު ވަނީ މުޅި ރާއްޖެއަށް ފުޅާކޮށްފައެވެ.

ތެޔޮ ލިބޭ 13 ސަރަހައްދު

މި ޚިދުމަތް މިހާރު ރާއްޖޭގެ 13 ރަށަކުން ލިބެން ހުރިއިރު، މިއީ މަސްވެރިންނަށް ދަތުރުފަތުރުގެ ޚަރަދު ކުޑަކޮށް، ފަސޭހައިން ތެޔޮ ލިބޭނެ ގޮތް ހަމަޖެއްސުމަށް ކުރެވުނު މަސައްކަތެކެވެ.

  • ހއ. އިހަވަންދޫ

  • ހދ. ހަނިމާދޫ

  • ށ. މިލަންދޫ

  • ބ. އޭދަފުށި

  • ފ. ނިލަންދޫ

  • ކ. ހިންމަފުށި

  • ރ. ދުވާފަރު

  • ދ. ކުޑަހވަދޫ

  • ޅ. ފެލިވަރު

  • ގއ. ކޫއްޑޫ

  • ފުވައްމުލައް ސިޓީ

  • ސ. ހުޅުމީދޫ

  • ހުޅުމާލެ ޖެޓީ

ތެޔޮ އެޅުމަށް ބޭނުންވާ ލިޔެކިޔުން

މި ލުއި އަގުގައި ތެޔޮ އެޅުމަށްޓަކައި މަސްވެރިން ތެޔޮ އަޅަން ދާއިރު، އެ އުޅަނދެއްގެ ލައިސަންސް ކޮޕީއަކާއި އެންމެ ފަހުން މަސްކިރުވި ރަސީދު ގެންދިއުން ލާޒިމުކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެއެވެ.

މަސްވެރި އުޅަނދުތަކަށް ކަނޑައަޅާފައިވާ ތެލުގެ ކޯޓާ

ސަރުކާރުން ވަނީ އުޅަނދުފަހަރުގެ ސައިޒަށް ބަލައި ތެޔޮ ދޫކުރާނެ މިންވަރު (ކޯޓާ) ވެސް ކަނޑައަޅާފައެވެ.

އުޅަނދުގެ ބާވަތް ސައިޒު (ފޫޓު) ދަތުރަކަށް ދޭ މިންވަރު (ލީޓަރު)
ކަޅުބިލަމަސް 85+ ފޫޓު 5000 (މަހަކަށް 2 ދަތުރު)
50 – 85 ފޫޓު 3000 (މަހަކަށް 3 ދަތުރު)
50 ފޫޓުން ދަށުން 1500 (މަހަކަށް 3 ދަތުރު)
ބޮޑުކަންނެލި 85+ ފޫޓު 1800 (މަހަކަށް 5 ދަތުރު)
50 – 85 ފޫޓު 1200 (މަހަކަށް 5 ދަތުރު)
50 ފޫޓުން ދަށުން 600 (މަހަކަށް 5 ދަތުރު)