English Edition
Dhivehi Edition

ޓޫރިސްޓުން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ މީހުންނާއި، މާލެއިން ރަށްރަށަށް ދާ މީހުން ކަރަންޓީނު ވާންޖެހޭ މުއްދަތު 10 ދުވަހަށް ކުރުކޮށްފިއެވެ.

އެޗްޕީއޭ އިން ކުރި އިއުލާނުގައި ބުނެފައިވަނީ މިގޮތަށް އަމަލުކުރަން ފަށާނީ މި މަހުގެ 04 ވަނަ ދުވަހުން ފެށިގެން ކަމަށާއި 10 ދުވަހަށްފަހު، ކަރަންޓީނުން ދޫކުރަނީ ޕީސީއާރު ނެގެޓިވް ނަތީޖާއަކާއެކު ކަމަށްވެސް އެޗްޕީއޭ އިންވަނީ ބުނެފައެވެ.މީގެ އިތުރުން އެޗްޕީއޭއިން ބުނީ މި ތާރީހްގެ ކުރިން ކަރަންޓީންވެފައިވާ މީހުން 14 ދުވަސް ހަމަކުރަން ޖެހޭނެ ކަމަށާއި އަދި ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހަކާއި ޑައިރެކްޓް ކޮންޓެކްޓްވާ މީހުން އަދިވެސް 14 ދުވަހު ކަރަންޓީނުގައި ތިބެންޖެހޭނެކަމަށެވެ

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް 14 ދުވަހަށް ކަރަންޓީނުކުރަން އޮތް އުސޫލު ބަދަލުކުރުމާއި ގުޅިގެން، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަދި އެއާޕޯޓް ހިންގާ ހުރިހާ ރަށެއްގައި ވެސް މީހުން ބޭރުތެރޭ އުޅޭއިރު މާސްކް އެޅުމަށާއި ބޭރުގައި އުޅޭ ވަގުތު އެކަކުއަނެކަކާއި މަދުވެގެން ތިން ފޫޓު ދުރުމިން ބަހެއްޓުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާޒްކޮށްފައެވެ.

މީގެ އިތުރުން ކޮންމެހެން ދޭންޖެހޭ ހިދުމަތެއް ދިނުމަށާއި މަޝްރޫއުތަކުގެ މަސައްކަތް ހިންގުމަށް ހުއްދަ ލިބިގެން ކުރު މުއްދަތަށް މާލެއިން އަތޮޅު ތެރެއަށް ދަތުރުކުރާ މީހުން ވެސް 72 ގަޑިއިރުނުވާ ނެގެޓިވް ޕީސީއާރް ނަތީޖާއެއް ހުށަހަޅަން ޖެހޭނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.