English Edition
Dhivehi Edition
ދިވެހިރާއްޖޭގެ ހައިކޯޓު - ފޮޓޯ: މިހާރު

މިއަހަރު ޑިސެމްބަރު މަހުގައި ކޯޓްތަކުގެ ރިސެސް މުއްދަތުގައިވެސް ޝަރީއަތްތައް ކުރިޔަށް ގެންދާން ހައިކޯޓުން ނިންމައިފިއެވެ.

ކޯޓްތަކުގެ ޤާނޫނާ ޚިލާފަށް މިއަހަރު ކޯޓްތަކުގެ ރިސެސް މުއްދަތުގައި ކުއްލި މައްސަލަތަކާއި، ކޮންމެހެން ހިންގަން ޖެހޭ އަވަސް ތަބީޢަތުގެ މައްސަލަތައް ކުރިޔަށް ގެންދިޔުމަށް ހައިކޯޓުގެ ފަޑިޔާރުންގެ އާއްމު މަޖުލީހުން މިވަނީ ނިންމާފައެވެ. ހައިކޯޓުން މިގޮތަށް ނިންމީ ކޯޓުތަކުގައި ނުނިމި ހުރި މައްސަލަތައް މަދުކުރުމަށާއި ވަގުތުން ވަގުތަށް ފިޔަވަޅު އަޅަންޖެހޭ މައްސަލަތައް ނިންމުމުގެ ބޭނުމުގައެވެ.

ކޯޓްތަކުގެ ޤާނޫނުގައިވާގޮތުން ކޮންމެ އަހަރަކު ޑިސެމްބަރު މަސް ފެށުމުން ސްޕްރީމްކޯޓާއި ހައި ކޯޓުގެ އިތުރުން ދެން ތިބި ކޯޓުތައްވެސް އެއްމަސް ދުވަހުގެ ރިސެސްއަކަށް ދާންޖެހެއެވެ.

ރިސެސް ކުރުމަކީ ސަރުކާރުގެ އިދާރާތަކުގެ މަސައްކަތްތައް ވަކިމުއްދަތަކަށް ހުއްޓާލުމެވެ. ކޮންމެ އަހަރަކުވެސް ޑިސެމްބަރ މަހަކީ ކޯޓްތަކުގައި ހިނގާ ޝަރީއަތްތައް މެދުކަނޑާލަން ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތެކެވެ.

 

ޓެގު