English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 2019 ވަނަ އަހަރުގެ މާލީ ހަރަދުތައް ކޮށްފައިވަނީ މާލިއްޔަތު ގަވައިދާ އެއްގޮތަށް ކަމަށް އޮޑިޓް އޮފީހުން ބުނެފިއެވެ.

އޮޑިޓް އޮފީހުން އާންމު ކޮށްފައިވާ 2019 ވަނަ އަހަރު ރައީސް އޮފީހުގެ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ އެ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހާއި ހަމައަށް ރައީސް އޮފީހުން ހަރަދުތައް ކޮށްފައިވަނީ މާލިއްޔަތު ގަވާއިދާއި އެއްގޮތަށްކަމަށާއި ރައީސް އޮފީހުން ކޮށްފައިވާ ހަރަދުތަކަކީ، އެ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދީފައިވާ ބަޖެޓުގެ މަގުސަދުތައް ހާސިލުވާ ގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށެވެ.

މިދިޔަ 2019 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން, ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފާސްކޮށްފައިވަނީ 121 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ރައީސް އޮފީހުގެ މުވައްޒަފުންގެ މުސާރައާއި އެކި އެލަވެންސްތަކާއެކު ޖުމްލަ 110 މިލިއަން ރުފިޔާ ހަރަދު ވެފައިވާއިރު، ދަތުރު ފަތުރު ކުރުމުގެ ހަރަދުތަކަށް 26.5 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އޮފީހަށް ބޭނުންވާ ތަކެތި ގަތުމަށް 5.3 މިލއަން ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ.