English Edition
Dhivehi Edition

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ގެ މަންމަ މިއަދު ނިޔާވެއްޖެ އެވެ.

ހއ. އިހަވަންދޫ ވައިޖެހޭގޭ ޖަމީލާ ހުސައިިން އުމުރުން 82 އަހަރުގައި ނިޔާވީ ބަލިވެއުޅުއްވާތާ ގިނަ ދުވަސްތަކެއްފަހުގައެވެ. މިއަދު ހެނދުނު 10:30 ހާއިރު ނިޔާވި ޖަމީލާ، ނިޔާވީ ކޮވިޑް-19 ބަލީގައެއް ނޫނެވެ، ޖަމީލާ ނިޔާވުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އާއިލާ އަށް ތައުޒިޔާ ދަންނަވައިފަ އެވެ.

ޖަމީލާއަކީ މައިމޫނާގެ އިތުރުން ކުރިން ފިޝަރީޒް މިނިސްޓަރުކަން ކުރެއްވި އަދި ފަހުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރެއްވި ޑރ. އަހުމަދު ޝަފީއުގެ ވެސް މަންމައެވެ. އަދި ކުރިން ދ.އަތޮޅުގެ އަތޮޅުވެރިކަން ކުރެއްވި އަދި ފަހުން އޭސީސީގެ މެންބަރުކަން ކުރެއްވި މުހައްމަދު ޝަފީއުގެ ވެސް މަންމައެވެ.