English Edition
Dhivehi Edition
ފޮޓޯ: ގޫގަލް

އިސްތަށިގަނޑު ތީތިކޮށް ވަރުގަދަކޮށް ދެމެހެއްޓޭނެ ގޮތެއް ހޯދާއިރު އެކަމަށް ވަކިހާއްސަ އުކުޅުތަކެއް ނުހުރެއެވެ. ހަށިގަނޑަށާއި އިސްތަށިގަނޑަށް ފައިދާހުރި ކާނާ ބޭނުން ކުރުމުގެ އިތުރުން އިސްތަށިގަނޑު ދޮންނަން ބޭނުން ކުރާ ސާމާނުން ވެސް ކޮންމެވެސް ވަރެއްގެ ހައްލެއް އިސްތަސިގަނޑަށް ލިބިގެން ދެއެވެ. އިސްތަށިގަނޑު ރީތިކޮށްލަން އަވަހަށް ބޭނުން ނަމަ ތިރީގައި ބުނެފައިވާ ގޮތަށް އަމަލު ކޮށްލުމުން ވަރަށް އަވަހަށް ބަދަލު ފެންނާނެއެވެ.

މަސާޖްކުރުން:

ގަވައިދުން އިސްތަށިގަނޑު މަސާޖުކުރުމުން ބޮލުގައި ލޭދަރުރުވުން ރަނގަޅުވެ އިސްތަށިގަނޑުގެ ބުޑު ވަރުގަދަވެއެވެ. އެގޮތުން މަސާޖް ކުރާއިރު އިސްތަށިގަނޑަށް ފައިދާ ހުރި ތެލެއް ބޭނުން ކޮށްގެން ބުޑުގައި ރަނގަޅަށް ޖެހޭވަރަށް ތެންމާފައި މަސާޖުކުރުން ރަނގަޅެވެ.

ކާށިތެޔޮ:

ކާށިތެލަކީ އިސްތަށިގަނޑަށް އެންމެ ރަނގަޅު ތެޔޮކަމަށް ހޯދުން ތަކުން ދައްކައެވެ. އޭގައި ހިމެނޭ ފެޓީ އެސިޑުން އިސްތަށިަނޑުގައި ޕްރޮޓިން އުފައްދައެވެ. ކާށިތެލުން އިސްތަށިގަނޑު ވިދުވައި މަޑުކޮށްދެއެވެ.

ސިނގިރޭޓް ބުއިން ހުއްޓާލުން:

ސިނގިރޭޓުން ގެއްލުން ލިބެނީ ހަމައެކަނި ހަންގަނޑާއި ހަށިގަނޑަށް ނޫނެވެ. ސިނގިރޭޓުގެ ދުން ޖެހުމުން އިސްތަށިގަނޑުގެ ޑީ.އެން.އޭގައި ހުންނަ ހެއާ ފޮލިކްލްސް ހަލާކުވެއެވެ. ނަތީޖާ އަކަށްވަނީ ޅައުމުރުގައި ނުރަ ވުމާއި ބޮލުގެ އިސްތަށް ފޭބުމެވެ.

ކާއިރު ޕްރޮޓީން ހުންނަ ކާއެއްޗިހި ބޭނުންކުރުން:

ކޮންމެ ދުވަހަކު ކާއިރު ޕްރޮޓީން ހިމެނުމަކީ މުހިންމު ކަމެކެވެ. ޕްރޮޓީން ހުންނަ ކާއެއްޗިހި ބޭނުން ކުރުމުން އިސްތަށިގަނޑު ވަރުގަދަ ކޮށްދީ އިސްތަށިފޭބުމުން ދުރުކޮށްދެއެވެ. ކޮންމެ ދުވަހަކު 50-100ގ ޕްރޮޓިން އިންސާނާގެ ބަރުދަނަށް ބަލާފައި ބޭނުން ކުރަން ޖެހޭނެ ކަމަށް ސިއްޙީމާހިރުން ބުނެއެވެ.

ވިޓަމިންސް:

ހަށިގަނޑަށް ބޭނުންވާ ވަރަށް ނިއުޓްރިޝަން ނުލިބުމުން ވެސް އިސްތަށި ފައިބައި އިސްތަށިގަނޑު ހިމަވެއެވެ. އަބަދުވެސް ބެލެންސް ޑައެޓެއް ހިޔާރުކުރުމަކީ އިސްތަށިގަނޑު ރީތި ވުމުގެ އިތުރުން ރަނގަޅު ދުޅަހެޔޮ ސިއްޙަތެއް މީހާއަށް ލިބިގެންދާނެ ކަމެކެވެ. އިސްތަށިގަނޑަށް ބޭނުންވާނެ އެންމެ މުހިންމު ވިޓަމިންސް ތަކަކީ: ވިޓަމިން އޭ، ބައޮޓިން، ވިޓމަން ސީ، ވިޓަމިން ޑީ، އަޔަން އަދި ޒިންކް އެވެ.

އިސްތަށިގަނޑަކީ ގިނަ މީހުން ފަރުވާތެރިކަމާއި އެކު ލޯތްބާއި އަޅާލުންދީގެން ގެންގުޅޭ އެއްޗަކަށްވާއިރު މަތީގައި ފާހަގަކޮށްފައިވާ ކަންތައް ކުރުމުގެ ކުރިން އެއީ ތިމާގެ އިސްތަށިގަނޑާއި ގުޅޭ ކަމެއްތޯ ބަލާލުމަކީވެސް މުހިންމު ކަމެކެވެ.