ސ.މަރަދޫ ފޭދޫ، ގެރަމާގެ ފާތިމަތު މުހައްމަދަކީ ދިރިއުޅުމުގައި އެތައްވޭނެއް ތަހައްމަލް ކުރަމުން އަންނަ މީހެކެވެ. ހިތުގައި އެންމެބޮޑު ވޭން އަޅަން ފެށީ ފުރަތަމަ ކައިވެނި ރޫޅުމުންނެވެ. ނަމަވެސް އެކައިވެންޏަށް ލިބުނު 3 ދަރިން ބަލައި ބޮޑުކޮށް ފައި މައްޗަށް އެދަރީން ތެދުކުރަން ހިތުގައި ކަނޑައެޅި އަޒުމާ އެއްގޮތަށް ހަރުދަނާ ދަރީންނަށް ހަދައި އެކަން އޭނާވަނީ ކާމިޔާބު ކޮށްފައެވެ.
ދެވަނަ ކައިވެންޏެއްކޮށް ލިބުނު އުޅުނު ފުރަތަމަ ކުއްޖާ ނިޔާވިއެވެ. މި ކައިވެނި ވީ ވަރަށް ހިތްދަތި ކައިވެންޏަކަށެވެ. ފިރިމީހާގެ ފަރާތުން ލިބެމުން ދިޔައީ އަނިޔާއެވެ. މިހާލުގައި އުޅެން ކެތް ނުކުރެވިގެން އޭނާ ފިރިމީހާ ކައިރިން ވަރިވީއެވެ. އޭރު ފާތިމަތު އަށް މިކައިވެންޏަށް ލިބުނު ދެވަނަ ކުއްޖާ ވަރަށް ކުޑައެވެ. އެކުއްޖާ އަކީ ދުވަސް ނުފުރާ ވިހެއި ފިރިހެން ކުއްޖެކެވެ. އެކުއްޖާ އުފަންވީ ދުވަހުން ފެށިގެން ވީ ބަލިކުއްޖަކަށެވެ. ވިހޭ ދުވަހުން ފެށިގެން ބަލި ކޮށް އުޅޭ އެ ކުއްޖާއަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކާ ހެދި އެކުއްޖާގައި ގައި އަޅާވޭނަށް ކެތްނުކުރެވޭ ހާލުގައި އެ ހިތްދަތި ކަންތައްތަކާ އެކުއެދެމައިން ރެއާދުވާލު އެއުޅޭހާލު އެއްވެސް މީހަކަށް ތަސައްވަރު ނުކުރެވޭނެއެވެ.
މިހާރު އުމުރުން 10 އަހަރު ވެފައިވާ އަހްމަދު ޔަނާލް އަލީ ޖަވާދު އަކީ ދުނިޔެއަށް އުފަންވީ އިރުއްސުރެ “ސެރެބްރަލް ޕަލްސީ” ތަހައްމަލް ކުރަމުން އަންނަ ކުއްޖެކެވެ. މިބަލީގެ ސަބަބުން ކުއްޖާގެ ސިކުނޑި އުމުރާ އެއްވަރަށް މަސައްކަތް ނުކުރުމާއި ނާރުގެ އަދި ހަށިގަނޑުގެ މަސްތަކުގައި ބާރު ދެރަވުން ހަށިގަނޑުގެ ކަށިތައް އާދަޔާހިލާފަށް ލެނބޭގޮތް ދިމާވެއެވެ.
މި ބަލިއާއި އެކު ޔަނާލް އަށް ދަނީ ސިއްޚީ އެތައް މައްސލަތަކެއް ކުރިމަތި ވަމުންނެވެ. ޔަނާލްގެ ބަލިހާލަތު ކިޔައިދެމުން ޔަނާލްގެ މަންމަ ބުނީ، އޭނައަށް މިހާރު “ޓެތާޑް ކޯޑް ސިންޑްރޯމް” އަށް ޑައިގްނޯސް ވެފައިވާ ކަމަށާއި މިކަމުގެ ސަބަބުން އަވަސް އަވަހަށް ހަނދާން ނެތުމާއި ކުޑަކަމު ދިޔުމާއި ބޮޑު ކަމު ދިޔުމުގެ ދަތިކަން ދިމާވެއެވެ. ބައެއް ފަހަރު ބޮޑު ކަމު ނުދެވި ހުއްޓިފައި ހުރުމަށްފަހު ބޮޑުކަމު ދެވެންފަށާއިރު ހުއްޓުމުއްނެތި ބަޑުކަމު ދެވެއެވެ. މި މައްސަލަ އާއިހެދި އޭނާ އުޅެން ޖެހެނީ ނެޕީ ޖަހައިގެން ކަމަށް މަންމަ ބުންޏެވެ. އަދި ބޮޑު ކަމުނުދެވި އުޅޭދުވަސް ކޮޅު ބަނޑުގައި ރިއްސާ އޭނާ ގައިގައި ބޮޑުވޭނެއް އަޅާކަމަށް މަންމަ ބުންޏެވެ.
ޔަނާލްގެ ބައްޔަކީ އޭގެ ޒާތުގައި ނުހަނު ގިނަ ސިއްޚީ މައްސަލަތައް ދިމާވުމުގެ ސަބަބުން އެކަންތައްތަކުގައި ގިނަދުވަސް ތަކަކަށް ފަރުވާ ހޯދަން ސިއްޚީ އިދާރާތަކުގައި ހޭދަކުރަންޖެހޭ ކުއްޖެކެވެ. ޔަނާލްގެ ބަލީގެ ގޮތުން އަމިއްލައަށް އެއްވެސް ކަމެއް ކުރުމުގެ ގާބިލްކަމެއް އޭނާގައިގަ ނުހުރެއެވެ. އަބަދުވެސް ބޮޑު މީހެއްގެ އެހީބޭނުންވާ މިކުއްޖާ އަށް ދޭން ޖެހޭ ތެރަޕީތަކުގައި އާއި ނެޕީ އަދި ކެއުމާއި ބުއިމުގައި ބޭނުން ކުރަން ޖެހޭ ތަކެތީގެ ހަރަދު ވެސް އިންތިހާ އާށް ބޮޑެވެ. އަދި ގިނަފަހަރު ބަލީގެ ފަރުވާ ހޯދަން ދާންޖެހެނީ އިންޑިއާއަށެވެ. އެންމެ ފުރަތަމަ އިންޑިއާގައި 1 އަހަރާއި 6 މަސްވަންދެން ދެވުނު ފަރުވާގައި ދަރިފުޅަށް ހިނގި ކުޑަކޮށް ވާހަކަ ދެއްކެން ފެށުނެވެ. ނަމަވެސް މާލީ ހާލަތު ހުރިގޮތުން އިތުރު ފަރުވާ އަށް މަޑުނުކޮށް ރާއްޖެ އަށް ބަދަލުވާން ޖެހުނުކަމަށް ޔަނާލްގެ މަންމަ ބުންޏެވެ. ދަރިފުޅުގެ ބައްޕައާއި ވަކިވެ ދަރިފުޅަށް ހަރަދު ނުދިނުމުގެ ސަބަބުން އަޅުގަނޑަށް އެގޮތް އޭރު މަޖުބޫރުވީއެވެ. އޭރުވެސް އެހީވީ އޭނާގެ ދޮށްޓަށް ތިބި ދަރީން ކަމަށް ފަތުން ބުންޏެވެ. ޔަނާލް ގެ ބައްޕަ ކައިރިން ވަރިވީފަހުން މިއަދާ ހަމައަށް އެންމެ ފައިސާ ފޮއްޗެއްވެސް ދީފައި ނުވާހާލުގައި އެކުއްޖާގެ ބައްޕަ އެކުއްޖާ ދުވަހަކުވެސް ނުދެކޭ ކަމަށް ފާތުން ބުންޏެވެ.
ފާތިމަތު މުހައްމަދަކީ މާލީ ފުދުންތެރިމީހަކަށް ނުވެފައި ޔަނާލް ބަލަހައްޓަން ކުރާ މަސައްކަތާހެދި ފައިސާ ހޯދަން އިތުރު މަސައްކަތެއް ކުރެވެން ނެތްމީހެކެވެ. ޔަނާލްގެ ބައްޔަށް ކުރާ ފަރުވާ އަށް އެންސްޕާއިން ލިބޭ އެހީގެ އިތުރުން ނުކުޅެދުން ތެރިކަން ހުންނަ މީހުނަށް ލިބޭފައިސާ ލިބުނަސް ޔަނާލްގެ ގިނަ ފަރުވާތައް ލިބެނީ ޕްރައިވެޓް ސިއްޚީ މުއައްސަސާތަކުން ކަމަށް ފާތިމަތު ބުންޏެވެ. މިވަގުތުވެސް އައި.ޖީ.އެމް ހޮސްޕިޓަލްގައި އެޑްމިޓް ކޮށް ފަރުވާ ދެމުން އަންނަ ޔަނާލް ނިއުރޯ ސާޖަން އަށް ދެއްކުމުން އެ ޑޮކްޓަރ ވަނީ އޮޕްރޭޝަން އެއްކުރުމަށް ޔަނާލް ގޮވައޮގެން އިންޑިއާ އަށް ދިމުމަށް ލަފާ އަރުވާފައެވެ.
ޔަނާލްގެ ބޭސްފަރުވާ އަށް އިންޑިއާ އަށް ދިޔުމަށް ދެފަހަރެއްގެ މަތިން އާސަންދައަށް ހުށަހެޅުމުން އާސަންދަވަނީ ނުލިބިފައެވެ. އާސަންދައިން ބައެއްކަންތައް ކުރެވޭތީ ނުދޭން އުޅޭއިރު ރާއްޖެއިން ޔަނާލްގެ ބައެއް ޓެސްޓްތައް ނުހެދެއެވެ. ފާތުން ބުނީ ހުރިހާކަމެއް އެތަނަކުން ކުރެވޭގޮތަށް ހެދުމުން އޭނާއަށް ޔަނާލް ގޮވައިގެން އެކި ކަންކަމުގައި ތަންތަނަށް ދަތުރު ނުކޮށްވާނެ ކަމަށެވެ. އަދި ގިނަ ދަތުރު ކުރުމަކީ ފަސޭހަކަމަކަށް ނުވާތީ ބޭނުން ވަނީ އެއްތަނެއްގައި ތިބެ އޮޕްރޭޝަން ކޮށް ފަރުވާ ހޯދުމަށް ކަމަށް ފާތުން ބުންޏެވެ.
ޔަނާލްގެ ބައްޔަށް ވީހާވެސް އަވަހަށް ފަރުވާ ހޯދަން ޖެހޭތީ އިންޑިއާ ގޮސް ތިބުމާއި ކެއުން އަދި އިންޑިއާގައި ބޭސްފަރުވާ އަށް މަޑުކުރަންޖެހޭ މުއްދަތު ނޭނގޭތީ އާއި އެނޫންވެސް ޒަރޫރީ ބޭނުންތައް ބެލެހެއްޓޭނެ ތަނަވަސް ކަމެއް އެއާއިލާގައި ނެތެވެ. އެހެން ކަމުން ޔަނާލް އަށް ވަނީ ވަރަށް ބޮޑަށް ފައިސާގެ އެހީ އަށް ބޭނުން ވެފައެވެ. ޔަނާލްގެ މަންމަ އެދެނީ އެހީގެ ކުޑަ މިންވަރެއްވެސް ދެވެން އޮތް ފަރާތެއްނަމަ އެހީވެދިނުމަށެވެ. އަދި އެހީވެވެން ނެތްނަމަ ޔަނާލް އަށް ހެޔޮދުއާ ކޮށްދިނުމެވެ.
ޔަނާލްގެ ބަލިހާލަތާ ބެހޭގޮތުން އިތުރު މައުލޫމާތު އޮޅުން ފިލުވުމަށް 9403762 (ފާތިމަތު މުހައްމަދު، ޔަނާލްގެ މަންމަ ) ނަންބަރަށް ގުޅުމަށާއި އަދި މާލީ އެހީތެރިކަން ފޯރުުކޮށްދިނުމަށް ފާތިމަތުގެ އެކައުންޓަށް ފައިސާގެ އެހީ ފޯރުކޮށްދިނުމަށް އާއިލާއިން އެދެއެވެ.
ފައިސާ އެކައުންޓް ނަންބަރު: 7702305653101
އެކައުންޓް ނަން: ފާތިމަތު މުހައްމަދު
ނޯޓް: ޔަނާލްގެ ފަހުގެ ރިޕޯރޓާއި ޑޮކްޓަރގެ ލިޔުން މިއާޓިކަލްގައި ހިމަނާފައި ވާނެއެވެ.
މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް:
މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195
މާނައީ: “އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ.”
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.
(رواه البخاري 6551 و مسلم 2850)