English Edition
Dhivehi Edition

ބްރިޓިޝް ޖާނަލް އޮފް މެޑިސިނގް އިން ދާދި ފަހުންކުރި ދިރާސާ އެއްގައި ބުނެފައިވަނީ ކޮންމެ ދުވަހަކު އެންމެ 11 މިނެޓަށް ހިނގާ ލުމުން ހަށިގަނޑަށް ޖެހޭ ބޮޑެތި ބަލިތަކުން ސަލާމަތް ވުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށެވެ.

މިދިރާސާގައި 30 މިލިއަން މީހުންގެ ސިއްހަތު ބަލާފައި ވެއެވެ. އެގޮތުން މި 30 މިލިއަން މީހުންގެ ތެރެއިން ކަސްރަތަށް ހިނގާ މީހުންނާއި ކަސްރަތު ނުކުރާމީހުންގެ ދިރިއުޅުން ބަލާފައިވެއެވެ. ދިރާސާކުރި ބްރިޓިޝް ޖާނަލް އޮފް މެޑިސިންގ އިން ބުނީ ކަސްރަތު ނުކުރާމީ ހުންނަށް ވުރެ މަދުވެގެން ދުވާލަކު 11 މިނެޓަށް ހިގާ އުޅުނުމީހުންގެ ސިއްހަތަށް ދިމާވާ ބޮޑެތި ބަލިތަށް މަދުކަމަށެވެ.

ދިރާސާގައި ހިނގުމުން ލިބޭފައިދާގެ ގޮތުގައި ފާހަގަވީ ކަންތައް ތަކަކީ:

1- ހިނގުމުން ހަށިގަނޑު އެއްކޮށް ހިއްކާނުލިޔަސް “އެކްސްޓްރާ” ކެލޮރީސް އަންދާލަދެއެވެ.

2- 11 މިނެޓަށް ހިނގާލުމުން ލޭގެ ހިނގުން ރަނގަޅުވެ ގިނައިން އޮކްސިޖަން އަދި ނިއުޓްރިއެންޓް ހަށިގަނޑުގެ ގުނަވަންތަކަށް ހާއްސަކޮށް ހިތަށް އިތުރުކޮށް ދެއެވެ. އަދި ހިތުގެ ބަލިތަށް ދިމާވުން ދުރުކޮށްދެއެވެ.

3- ހިނގުމުން ނާވަސް ސިސްޓަމް ހަމަޔަކަށް އެޅި މޫޑު ރަނގަޅުވެ މީހާ އަށް ދިރި އުޅުމުގައި ކޮންމެ ދުވަހަކު ދިމާވާ ސްޓްރެސް ތަކުން ދުރުކޮށްދެއެވެ.

4- ރާއްދެބަލި (އާތްރައިޓިސް) ހުންނަމީހުން ހިނގުމުން ފައިގެ މަސްތަކުގައި ބާރުޖެހި ކަކުލު ހުޅަށް ދިމާވާ ރިއްސުމުގެ މައްސަލަތަކަށް ލުއި ލިބިގެން ދެއެވެ.

5- ކޮންމެދުވަހަކު 4ކިލޯމީޓަރއަށް ހިނގާ މީހުނަށް ޓައިޕް2 ޑައިބެޓީސް ޖެހުމުގެ ފުރުސަތު ކުޑަވެގެންދެއެވެ.

6- ބުރަކޮށް އުޅެ ދުވަސްހޭދަކުރާ ގޮތަކުން ނިދަން އުނދަގޫވާ މީހުން ބައިވަރެވެ. ކޮންމެ ދުވަހަކު 11 މިނެޓަށް ހިގާލުމުން ހާސްވުމާއި ‘ސްލީޕް އެފިޝެންސީ’ އިން ދުރުވެ ނިދަން ފަސޭހަވެއެވެ.

މީގެ އިތުރުން މި ދިރާސާގައި ބުނެފައިވަނީ ހިނގާލުމަށް ދުވަހަކު އެންމެ 11 މިނެޓް ހޭދަކޮށްލާމީހާގެ ސިކުނޑީގައި އުފައްދާ އާސެލް އެއް ކަމަށްވާ ‘ބްރެއިން ޑެރައިވްޑް ނޮއުރޯޕިކް’ ކިޔާ ޕްރޮޓީން އެއް ދޫކުރެއެވެ. އަދި މީގެ ސަބަބުން ސިކުނޑި ތާޒާވެ ހާސްކަން ފިލައިދެއެވެ.މީގެ އިތުރުން ކެއުމުގެ ވަގުތު ފާއިތުވާފަހުން ކެއުމުން ބަނޑުގައި އުފެދޭ ގޭހާއި އުނދަގޫތަކުން ސަލާމަތްކޮށް ދެއެވެ.

ދިރިއުޅުން މިހާރު ބައްޓަން ވެފައި ހުންނަ ގޮތުން އަހަރެމެން އެންމެންނަކީވެސް ކަސްރަތާއި ދުރު އަދި ދުއްވާ އުޅަނދުފަހަރުގައި ދަތުރުކުރާ މީހުންނެވެ. ބުރަކޮށް އުޅުނު ދުވަހެއް ނަމަވެސް ކޮންމެ ދުވަހަކު 11 މިނެޓަށް ހިނގާލަން މަސައްކަތް ކުރަމާހިނގާށެވެ. ސިއްހަތަށް ގިނަގުނަ ފައިދާތަކެއް ކުރާނެކަން ޔަގީނެވެ!