English Edition
Dhivehi Edition

މާލޭ ގެ ގެއަކުން މަރުވެފައިއޮތް މީހަކު ފެނިއްޖެއެވެ. މިމީހާ ފެނިފައިވަނީ ގަލޮޅުގައި ހުންނަ ގެއަކުންކަމަށް ފުލުން ވިދާޅުވެއެވެ.މިމީހާގެ މަޢުލޫމާތު މިއަދު 11.57 ގައި ފުލުހުންނަށް ލިބުމާގުޅިގެން މިމީހާގެ ހަށިގަނޑު މިހާރުވަނީ އައިޖީއެމްއެޗަށް ގެންގޮސްފައެވެ. މަރުވެފައިވަނީ ދިވެހި ފިރިހެނެކެވެ. މިމީހާއާއި ގުޅޭ އިތުރު މަޢުލޫމާތު ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މިމައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މިއަދު ހެނދުނު މާލެ ފަޅުތެރެއިންވެސް މަރުވެފައިވާ މީހަކު ވަނީ ނަގާފައެވެ. އެއީ އިނގިރޭސި ވިލާތުގެ ރައްޔިތެއްކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.