English Edition
Dhivehi Edition

ގިނަ އަދަދެއްގެ ދިވެހިން މަތީ ތައުލީމު ހާސިލު ކުރުމަށާއި އަދި ނިސްބަތުން ދިވެހީން ގިނަ އިން ދިރިއުޅޭ މެލޭޝިއާގައި ދިވެހި ފިރިހެނަކު މަރުވެފައި އޮތްވާ ފެނިއްޖެއެވެ. މަރުވެފައިވާ ޒުވާނާއަކީ ގަލޮޅު ވެގަ/މިޔަލަނިއާގޭ މުޙައްމަދު ސިނާން ނަމަކަށް ކިޔާ މީހެކެވެ. އޭނާއަކީ ޑައިބެޓިކް ބަލިމީހެއްގެ އިތުރަށް ކިޑްނީގެ ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހެއްކަމަށް މަޢުލޫމާތު ލިބެއެވެ. އޭނާއަކީ މީގެ ކުރީން ސިފައިންގެ ވަޒީފާވެސް އަދާކޮށްފައިވާ މީހެކެވެ.

ޝިނާނު މަރުވީ ކިހިނެތް ކަމެއް އަދި ސާފުވާ ގޮތެއް ނުވެއެވެ. ޝިނާނުގެ މައްސަލަ މެލޭޝިއާ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. ފޮރިން މިނިސްޓްރީން ވެސް މިކަން ކަށަވަރުކޮށްދީފައެވެ. އަދި މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީއާއި ގުޅިގެން މިމައްސަލަ ބަލަމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.