މ. އޯޑިއޯން ކައިރި މަގުމައްޗަށް ވެއްޓިފައި އޮތް ބިދޭސީމީހާ ސެނަހިޔާ ހޮސްޕިޓަލަށް މިރޭ ގެންދިޔައިރުވެސް މަރުވެފައިވާކަމަށް އެމްއެންޑީއެފް އިން ހާމަކޮށްފިއެވެ.
މިމީހާ މިރޭގެ ވަގުތެއްގައި ހޮސްލިޓަލަށް ގެންގޮސްފައިވަނީ ފުލުހުންގެ އެހީތެރިކަމާއެކުގައެވެ.
ފުލުހުން ބުނީ ބަންގްލަދޭޝްގެ 50 އަހަރުގެ އެ ފިރިހެން މީހާ ވެއްޓިފައި އޮތީ އަސަރީ ގޯޅި އާއި މަޖީދީ މަގު ކަންމައްޗަށް ކަމަށާއި އޭނާ ވެއްޓިފައި އޮއްވައި ފެނުނީ މާލެތެރެ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށްކަމަށެވެ. މިމީހާއާއި ގުޅޭގޮތުން އެންއެންޑީއެފް އިން ވިދާޅުވީ އޭނާ ވެއްޓުމުގެ ކުރިން މޭމައްޗަށް ތަދުވާތީ އުޅުނުކަން އެނގިފައިވާ ކަމަށެވެ.
މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.
ރާއްޖޭގައި ކޮވިޑް 19 ހަލުވި ކަމާއެކު ފެތުރެމުންދާ މި ދަނޑިވަޅުގައި ދަނީ ބިދޭސީންވެސް މިބައްޔަށް ޕޮޒިޓިވް ވަމުންނެވެ. އެގޮތުން މިއަދު އެކަނިވެސް މާލެއިން 16 ބިދޭސީއަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވެއެވެ.