މިޔަންމާގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް އެ ގައުމުގެ ސަރުކާރުން ހިނގަމުންދާ ލާއިންސާނީ ޢަމަލުތައް އިތުރުވެފައިވާތީ އެކަމާ ދެކޮޅަށް އަޑު އުފުލުމުގެ ގޮތުން ޕީޕީއެމްއިން ޖަލްސާއެއް ބާއްވައިފިއެވެ.
ރޭ ރުމާލު2 ޖަގަހައިގައި “ރޮހިންޔާގެ މުސްލިމުންނާއެކީގައި ދިވެހިން” މި ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ވިދާޅުވީ ރާއްޖޭގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މުސްލިމް އެންމެހާ ލޮބުވެތި އަޚުންނާއި އުޚުތުންނަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރައްވާނެކަން މިއަދު ހާމަވެގެން ގޮސްފައިވާ ކަމަށެވެ. މީގެ އިތުރުން ޑރ. އަޙްމަދު ޒިޔާދު ވިދާޅުވީ މިޔަންމާއާއި ދެކޮޅަށް ދިވެހި ސަރުކާރުން އެޅި ފިޔަވަޅުން ހާމަކޮށްދެނީ، މުސްލިމުންނާއި މެދުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ވިސްނުންފުޅާއި ތަސައްވުރު ހުރި ގޮތް ކަމަށެވެ.
މީގެ އިތުރުން ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ، މުސްލިމުންގެ ކަންކަމުގައި އަހައްމިއްޔަތުކަން ނުދޭ މީހުންނަކީ މުސްލިމުންގެ ތެރެއިން ވާ ބައެއް ނޫން ކަމަށް ކީރިތި ރަސޫލާ ހަދީޘް ކުރައްވާފައިވާ ކަމަށެވެ. އަދި 350 އަހަރުވަންދެން މިޔަންމާގައި އޮތީ އިސްލާމީ ދައުލަތެއް ކަމަށެވެ