English Edition
Dhivehi Edition

ބޮލީވުޑްގެ އެކްޓަރު، ޑައިރެކްޓަރު އަދި ނެށުންތެރިޔާ ޕްރަބޫ ދޭވާ ސިއްރުން ކައިވެނިކޮށްފި އެވެ.

ބޮލީވުޑްގެ ތަރި ޕްރަބޫ ސިއްރުން ކައިވެނިކުރި ހަބަރު މީޑިއާތަކުން ‘ފަޅާއަރުވާލުމާއި’ ގުޅިގެން އެއީ ތެދު ހަބަރެއްކަން ކަށަވަރަކޮށްދެމުން ޕްރަބޫގެ ބޭބެ ރާޖޫ ސުންދަރަމް ބުނީ ޕްރަބޫ އަލުން ކައިވެނި ކުރުމަކީ އާއިލާއަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އިންޑިއާގެ މީޑިއާތަކުން ބުނީ ޕްރަބޫ ކައިވެނިކޮށްފައިވަނީ ފިޒިއޮތެރަޕިސްޓް ޑރ. ހިމާނީ އާއި ކަމަށާއި، އޭނާއަކީ ޕްރަބޫގެ ބުރަކައްޓާއި ފައިގައި ހުރި ތަދަކަށް ފަރުވާ ކޮށްދިން ޑޮކްޓަރުކަމަށެވެ. އަދި މި ދެ މީހުންގެ ލޯބީގެ ގުޅުން ފެށުނީ މީގެ އަހަރެއްހާ ދުވަސް ކުރިން ކަމަށާއި އެކުގައި ދެ މަހެއްހާ ދުވަހު ދިރިއުޅުމަށް ފަހު ކައިވެނިކުރީ މިދިޔަ މޭ މަހުގައިކަމަށްވެސް މީޑިއާ ރިޕޯޓްތައްވަނީ ބުނެފައެވެ.

އަބަދުވެސް މީޑިއާ އާއި ދުރުގައި އުޅެމުން ޕްރަބޫ މީގެ ކުރިން ކުރި ކައިވެންޏަށް ލިބުނު ދަރިފުޅު ކެންސަރު ބަލީގައި މަރުވެފައިވަނީ 2008 ވަނަ އަހަރުގައެވެ. އެ ދުވަސްވަރު ޕްރަބޫ އާއި ބެހޭ ގޮތުން މީޑިއާތަކުން ގިނަ ހަބަރުތަކެއް ގެންސްދީފައިވާއިރު، އޭނާގެ ފުރަތަމަ އަނބިމީހާ ވަރިކުރީ ސައުތު އިންޑިޔާ ފިލްމުތައް ކުޅޭ މަޝްހޫރު ބަތަލާއެއް ކަމަށްވާ ނަޔަންތާރާ އާ ލޯބީގެ ގޮތުން ގުޅިގެން ގިނަ ދުވަސް ތަކެއް ވަންދެން އުޅުމަށް ފަހުކަމަށްވެސް މީޑިއާތަކުންވަނީ ބުނެފައެވެ.

ޓެގު