English Edition
Dhivehi Edition

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ އާއި އޮމާން ބައްދަލުކުރާ މެޗަށް ނެގި ގައުމީ ޓީމް ސްކޮޑުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ފޯވަޑް އަލީ އަޝްފާގު (ދަގަނޑޭ) އާއި ޓީސީ ސްޕޯޓްސް ކުލަބްގެ ޒުވާން ހުނަރުވެރި ފޯވާޑް އިބްރާޙިމް މަހުދީ(ހަބޭސް އިއްބެ) ނުހިމަނައި އިއުލާންކޮށްފިއެވެ.

އަންނަ މަހުގެ ފަސްވަނަ ދުވަހު ކުޅޭ އޭއެފްސީ ކަޕް ކޮލިފައިންގައި އޮމާންގައި ކުޅޭ މެޗަށް ނެގި ސްކޮޑުގައި ގައުމީ ޓީމްގެ ކުރީގެ ކެޕްޓަން ދަގަނޑޭ ހިމަނާފައި ނުވަނީ މެޑިކަލް ކޮންފަމޭޝަން ނުލިބޭތީކަމަށް އެފްއޭއެމްގެ ޖެނެރަލް ސެކްރެޓރީ ހުސެއިން ޖަވާޒް ވަނީ ވިދާޅުވެފައެވެ.އެހެން ނަމަވެސް ގިނަ ދުވަސްތަކެއް ވަންދެން އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގަ ހުރުމަށްފަހު ކުޅުމުގެ ތެރެއަށް ނުކުމެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ދަގަނޑޭ ވަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް މޮޅު ކުޅުމެއް ދައްކައި ކުޅުނު ތިން މެޗުގައި ނުރެޑިއެންޓްއަށް ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ.

މި ފަހަރު ސްކޮޑުން އަލަށް ގައުމީ ޓީމުން ތިން އަހަރެއްހާ ދުވަހު ގައުމީ ޓީމާއި ދުރުގައި ހުރި ރިލްވާން ވަހީދުއަށް ފުރުސަތު ދީފައިވާއިރު ކުރިން ސްކޮޑުގައި ހިމެނުނު ކުޅުންތެރިންގެ ތެރެއިން މިއަހަރުގެ މާލޭ ލީގުގައި އާއި އުރީދޫ ޕްރިމިއަ ލީގުގައި މޮޅު ކުޅުމެއް ދައްކަމުންގެންދާ އިބްރާޙިމް މަހުދީ(ހަބޭސް އިއްބޭ) އާއި ޓީސީގެ ފަހަށް ބެލުމުގައި އިސްދައުރެއް އަދާކުރަމުން ގެންދާ މުހައްމަދު އައްޒާމްއަށް މިފަރުގެ ސްކޮޑުން ފުރުސަތު ލިބިފައިނުވެއެވެ.އަށް މިފަހަރުގެ ސްކޮޑަށްކޯޗު ޑެރަން ސްޓެވާޓް ނަގާފައިވާ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ނިރެޑިއެންޓްގެ 8 ކުޅުންތެރިންނާއި މާޒިޔާގެ 7 ކުޅުންތެރިންނާއި ޓީސީ ސްޕޯޓްސް ކްލަބުގެ 3 ކުޅުންތެރިންނާއި ކްލަބު ގްރީން ސްޓްރީޓްސްގެ ދެ ކުޅުންތެރިންނާއި ގދ. ތިނަދޫގެ ދެ ކުޅުންތެރިންގެ އިތުރުން ށ. މިލަންދޫގެ ކުޅުންތެރިޔެކެވެ.

އޭޝިއަން ކަޕް ކޮލިފައިންނަށް އޮމާންއާ ދެކޮޅަށް ކުޅެން ނެގި ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑު: މާޒިޔާ:މުހައްމަދު އުމެއިރު، ސަމޫހު އަލީ، އަމްދާން އަލީ، މުހައްމަދު އިރުފާން، އަސަދުﷲ އަބްދުﷲ، އަޝްހަދު އަލީ، އިސްމާއިލް އީސާ.

ނިއު ރޭޑިއަންޓް: އަހުމަދު އަބްދުﷲ، އަކްރަމް އުބްދުލް ޣަނީ، އަލީ ފާސިރު، ހަމްޒާ މުހައްމަދު، މުހައްމަދު ރަޝީދު، ރިލްވާން ވަހީދު، އަބްދުﷲ ޒިޔަޒަން، މުހައްމަދު ފައިސަލް.

ޓީސީ ސްޕޯޓްސް ކްލަބް: އަހުމަދު ޒާދު، ހަސަން ނާއިޒް، އިބްރާހިމް ވަހީދު ހަސަން.

ކްލަބް ގްރީން ސްޓްރީޓްސް: ޝާފިއު އަހުމަދު، އަހުމަދު ރަޝީދު.

ތިނަދޫ: އިމްރާން ނަޝީދު، އަހުމަދު ރިޒުވާން.

މިލަންދޫ: މުހައްމަދު އިމްރާންއެވެ.