English Edition
Dhivehi Edition

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ އާއި އޮމާން ބައްދަލުކުރާ މެޗަށް ނެގި ސްކޮޑުން މާޒިޔާގެ އިތުބާރު ފޯވާޑް އަސަދުﷲ އަބުދުﷲ ބާކީކޮށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ފޯވަޑް އަލީ އަޝްފާގު (ދަގަނޑޭ)އަށް ފުރުސަތު ދީފިއެވެ.

އަންނަ މަހުގެ ފަސްވަނަ ދުވަހު ކުޅޭ އޭއެފްސީ ކަޕް ކޮލިފައިންގައި އޮމާންގައި ކުޅޭ މެޗަށް ނެގި 23 ކުޅުންތެރިންގެ ސްކޮޑު ފުރަތަމަ އިއުލާން ކޮށްފައިވާއިރު ގައުމީ ޓީމްގެ ކުރީގެ ކެޕްޓަން ދަގަނޑޭ ހިމަނާފައެއް ނުވެއެވެ.އެހެން ނަމަވެސް އަލުން ދަގަނޑޭއަށް ގައުމީ ޓީމުން ޖާގަ ދީފައިވަނީއުރީދޫ ޕްރިމައަ ލީގުގައި ކަކުލަށް ލިބިފައިވާ އަނިޔާގެ ސަބަބުން މާޒިޔާގެ އަސަދުﷲ ސްކޮޑުން ބާކީކޮށްފައިވުމާއި ގުޅިގެންނެވެ.

އޭޝިއަން ކަޕް ކޮލިފައިންނަށް އޮމާންއާ ދެކޮޅަށް ކުޅެން ނެގި ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑު: މާޒިޔާ: މުހައްމަދު އުމެއިރު، ސަމޫހު އަލީ، އަމްދާން އަލީ، މުހައްމަދު އިރުފާން، އަސަދުﷲ އަބްދުﷲ، އަޝްހަދު އަލީ، އިސްމާއިލް އީސާ.

ނިއު ރޭޑިއަންޓް: އަހުމަދު އަބްދުﷲ، އަކްރަމް އުބްދުލް ޣަނީ، އަލީ ފާސިރު، ހަމްޒާ މުހައްމަދު، މުހައްމަދު ރަޝީދު، ރިލްވާން ވަހީދު، އަބްދުﷲ ޒިޔަޒަން، މުހައްމަދު ފައިސަލް.

ޓީސީ ސްޕޯޓްސް ކްލަބް: އަހުމަދު ޒާދު، ހަސަން ނާއިޒް، އިބްރާހިމް ވަހީދު ހަސަން.

ކްލަބް ގްރީން ސްޓްރީޓްސް: ޝާފިއު އަހުމަދު، އަހުމަދު ރަޝީދު.

ތިނަދޫ: އިމްރާން ނަޝީދު، އަހުމަދު ރިޒުވާން.

މިލަންދޫ: މުހައްމަދު އިމްރާންއެވެ.