English Edition
Dhivehi Edition

އައްޑޫ ސިޓީ ހިތަދޫ ވިޔަފާރިވެރިޔާ އަލީ އަބްދުﷲ މަރާލި މައްސަލައިގައި ދައުވާ ކުރި، އޭނާއަށް ބޮޑުބޭބެ ކިޔާ، ސ. ހިތަދޫ ހެޕީފިއުޗާ އަހުމަދު އިބްރާހީމް ދީދީއަށް 12 އަހަރުގެ ހުކުމެއް އިއްވައިފި އެވެ.

2 މާޗް 2016 ވަނަ އަހަރު ހިނގި މި ހާދިސާއާއި ގުލޭ މައުލޫމާތު މީޑިއާތަކަށް ދެމުން އޭރު ފުލުހުން ބުނެފައިވަނީ، އަލީ އަބްދުﷲ މަރާލާފައި ވަނީ ފައިސާ އާއި މުދަލުގެ ދަހިވެތި ކަމުގައި ކަމަށާއި އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހެއްގެ ގޭގައި ވަޅުލާފައި ހުއްޓައި 40،000 އަށް ވުރެ ގިނަ ފައިސާ ފެނިފައިވާކަމަށެވެ. އަދި އަލީ އަބްދުﷲ އަތުގައި އޮތް، ފިހާރައިގެ ރީލޯޑު ކުރަން ބޭނުންކުރާ ފޯނުގައި ހުރި ހުރިހާ ފައިސާތައް އެހެން ފޯނަކަށް ޓްރާންސްފާ ކޮށްފައިވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.

މި މައްސަލަ އާއި ގުޅިގެން ދައުލަތުން އިބްރާހިމްދީދީއާ ދެކޮޅަށް 22 ހެކިވެރިންނާއި ހަ ކިތާބީ ހެކި ހުށަހެޅިއިރު، އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާގައި ވަނީ 2 މާޗް 2016 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި އަލީ އަބްދުﷲ ސައިކަލުގައި ދަނިކޮށް، އިބްރާހިމް ދީދީ އޭނާ ދުއްވަމުން ދިޔަ ސައިކަލުގައި ފައިން ޖަހައި ވައްޓާލައި، އަލީ އަބްދުﷲ ކަރުގައި ވާފަށެއް އަޅައި، އޭނާގެ ކަރަށް ބާރުކޮށް މަރާލާފައިވާކަމަށެވެ.

މި މައްސަލައިގައި އަހުމަދު އިބްރާހިމްދީދީގެ މައްޗަށް އެނގިހުރެ މީހަކު މެރުމުގެ ދައުވާ އުފުލާފައިވާއިރު އޭނާވަނީ ކްރިމިނަލް ކޯޓުގައި ދައުވާއަށް އިންކާރުކޮށްފައެވެ. އެހެންނަމަވެސް މިދިޔަ މަހުގެ 08 ވަނަ ދުވަހު ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް މުހައްމަދު ކުރެއްވި ހުކުމުގައި ބުނެފައި ވަނީ، އިބްރާހިމް ދީދީ ދައުވާއަށް އިންކާރު ކުރި ނަމަވެސް، އޭނާއާ ދެކޮޅަށް ހުށަހެޅި ހެކިތަކަށް ބަލާއިރު، އޭނާ އެ ކުށް ކުރިކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާކަމަށެވެ.

މި މައްސަލައިގައި އަހުމަދު އިބްރާހީމް ދީދީ އެހީތެރިވި ތިން މިީހަކަށް އެނގިހުރެ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވެ އެވެ. އެއީ ސ. ހިތަދޫ، އަތަމާވިލާ، މައޫޒު މުހައްމަދާއި، އެރަށު އައްޒާ، މުބާރިކް މުހައްމަދުގެ އިތުރުން، ހަމަ އެރަށު ނަޝީދީގޭ މުހައްމަދު ޝިފާޒުގެ މައްޗަށެވެ. އެ މީހުންގެ މައްސަލަ އަދި ނުނިމެ އެވެ.

1 ކޮމެންޓް
އައްޑޫ ލެއި
ނޮވެމްބަރު 22, 2020
އެއްކަމި ބާރަ 12އހަރަށް. ރެހާކުރު ފިޅި ވަގަށް ނަގާމީހާށަސް 12އ އިންސާނަކާގެ ފުރާނަ ދިއްވިމެއި އެސް12އ.