English Edition
Dhivehi Edition
ޖުޑީޝަލް ސަރވިސް ކޮމިޝަން އަދި ޑީޖޭއޭ - ފޮޓޯ: ރާއްޖެ އެމްވީ

ޝަރުޢީ ދާއިރާގެ ހުރިހާ ކޯޓުތަކެއްގެ ރެކޯޑް ސާފުކުރުމުގެ ކަންތައްތައް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއެ) އިން ކުރެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

ޑީޖޭއޭ އިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް ތިންވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނާ ގުޅިގެން މަރުކަޒީކޮށް ކުށުގެ ރެކޯޑް ބަލަހައްޓާނީ އެ ޑިޕާޓްމަންޓުން ކަމަށް އެޓަރނީ ޖެނެރަލް ކަނޑައަޅުއްވާފައި ވާތީ، ނޮވެންބަރު 22 ވަނަ ދުވަހުން ފެށިގެން ޝަރުޢީ ދާއިރާގެ ހުރިހާ ކޯޓުތަކެއްގެ ރެކޯޑް ސާފުކުރުމުގެ ކަންތައްތައް ކުރިއަށްގެންދާނީ އެ ޑިޕާޓްމަންޓުން ކަމަށެވެ.

އަދި އެގޮތުން ރެކޯޑް ސާފުކުރުމަށް ހުށަހަޅާއިރު، ރެކޯޑް ސާފުކުރާ ފޯމާއި، އައިޑީ ކާދުގެ ސާފު ކޮޕީ އަކާއި، ދިވެހި ރައްޔިތެއް ނޫންނަމަ ޕާސްޕޯޓުގެ ސާފު ކޮޕީ އަކާއި، ކުންފުންޏެއްގެ ރެކޯޑު ސާފުކުރާނަމަ ކުންފުނީގެ ރަޖިސްޓްރީގެ ސާފު ކޮޕީއެއް އަދި ފޯމުގެ ވެރި ފަރާތާއި ގުޅޭނެ ފޯނު ނަންބަރު ހުށަހެޅުމަށް އެ ޑިޕާޓްމަންޓުން ވަނީ އެދިފައެވެ.

ޑީޖޭއޭ އިން ބުނީ ރެކޯޑު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން ފޯމު ފުރިހަމަކުރުމަށްފަހު ފޯމާއެކު ހުށަހަޅަންޖެހޭ މަޢުލޫމާތު ހިމަނައިގެން ޕީޑީއެފް ކޮޕީ، [email protected] އަށް އީމެއިލް ކުރުމުން ރެކޯޑް ސާފުކުރެވޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށެވެ. އަދި ރެކޯޑު ސާފުކުރުމަށްފަހު މެއިލް މެދުވެރިކޮށް އެ ފަރާތަކަށް ޖަވާބު ފޮނުވޭނެ ކަމަށްވެސް އެ އިޢުލާނުގައި ބުނެފައި ވެއެވެ.