English Edition
Dhivehi Edition
ޑިޕާޓުމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ވަނީ ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލިސް އެކުލާވާލައި އެ މަޖިލީހުގެ މެންބަރުން އާންމުކޮށްފައެވެ.

މިގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ މަޖިލީހަށް އައްޔަނުކޮށްފައިވަނީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްއެވެ. ހައިކޯޓުގެ ފަރާތުން ފަނޑިޔާރު މުހައްމަދު ސަލީމްއެވެ ދަށު ކޯޓުތަކުގެ ފަރާތުން ކްރިމިނަލްކޯޓުގެ އިސްގާޒީ ހުސައިން ފާއިޒު ރަޝާދު އެވެ.

ޑީޖޭއިން ބުނީ ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަކީ, ފަނޑިޔާރަކު މަގާމުން ވަކިކުރަން ރައްޔިތުން މަޖިލީހަށް ހުށަހެޅުމަށް ނިންމާ ނިންމުންތައް ފިޔަވައި ޖޭއެސްސީން ފަނޑިޔާރުންނާ ގުޅޭ ހުރިހާ ނިންމުންތަކެއް އިސްތިއުނާފުކުރުމަށް ހުށަހެޅޭ މަޖިލީހެއްކަމަށެވެ.

ފަނޑިޔާރުންގެ ސުލޫކީ މައްސލައެއް ނުވަތަ އެހެންވެސް މައްސަލައެއްގައި ޖޭއެސްސީއިން ގޮތެއް ކަނޑައަޅައިފިނަމަ, އެނިންމުން އިސްތިއުނާފު ކުރަން ހުށަހަޅަންޖެހޭނީ ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށެވެ.