English Edition
Dhivehi Edition
ފޮޓޯ: ފޮރިން މިނިސްޓްރީ

ރާއްޖެއިން އިންޑިއާއަށް ކަނޑައެޅުއްވި ސަފީރު، ޑރ. ހުސައިން ނިޔާޒް މަގާމުގެ ފަތްކޮޅު އިންޑިއާގެ ރައީސް ރާމް ނާތް ކޮވިންދަށް އަރުއްވައިފި އެވެ.

ޑރ. ހުސައިން ނިޔާޒް ސަފީރުކަމުގެ ފަތްކޮޅު އިންޑިއާގެ ރައީސަށް އަރުއްވާފައި ވަނީ އިއްޔެ ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތެއްގަ އެވެ.އިންޑިއާގެ ރައީސް ރާމް ނާތް ކޮވިންދް ވަނީ ސަފީރު ކަމަށް އައްޔަންކުރެވުނު ޑރ. ހުސައިން ނިޔާޒަށް މަރުހަބާ ދަންނަވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރާއްޖޭގެ ރައްޔިތުންނަށް ތަހުނިޔާ އާއި މުބާރަކުބާދީ ފޮނުއްވާފަ އެވެ.

ޑރ. ހުސައިން ނިޔާޒް ވަނީ އެގައުމުން ރާއްޖެއަށް އެކި ގޮތްގޮތުން ދެމުންދާ އެހީތެރިކަން ފާހަގަކުރައްވައި، ދިވެހި ރައްޔިތުންނާއި ސަރުކާރުގެ ނަމުގައި އިންޑިއާއަށް ޝުކުރު ދަންނަވައިފަ އެވެ. އަދި ވަކިން ހާއްސަކޮށް ކޮވިޑް-19 ގެ ދަތި ދުވަސްވަރު އިންޑިއާއިން ވެދިން އެހީތެރިކަން ފާހަގަކުރައްވައި ޑރ. ނިޔާޒު ވިދާޅުވީ މި ކަންތައްތަކުން ރަމްޒުކޮށްދެނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމުގެ ވަރުގަދަ ކަން ކަމުގައެވެ،