English Edition
Dhivehi Edition

ބޮޑެތިި މަޝްރޫތައް ހިންގުމަށް ފައިސާ ހަމަޖެެހިފައިވާކަމަށް ވިދާޅުވެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދެއްކި ވާހަކަފުޅަށް، ކުުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލިހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ރައްދުދެއްވައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހއ. ހޯރަފުށީ އެއާޕޯޓު ހުޅުވުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ބަޖެޓް ބަހުސްގައި ބައެއް މެންބަރުން ދަޢުލަތުގެ ދަރަނި އިތުރުވަމުންދާކަމަށް ވިދާޅުވަމުންދާއިރު ދައުލަތަށް ދަރަނި ނެގުމަކީ ހަމައެކަނި މިއަދުގެ ސަރުކާރުން ކުރިކަމެއް ނޫންކަމަށެވެ. ކޮވިޑް-19 ފެތުރެމުން އަންނަ މި ދަތި ދަނޑިވަޅުގައި ވެސް މަޝްރޫއުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެކަމަށެވެ. މީގެ އިތުރުން ރައީސް ވަނީ މިވަގުތަކީ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓާލަންވީ ވަގުތުނޫންކަން ފާހަގަކޮށް ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށައަޅާފައިވާ ބަޖެޓް ފާސްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

ރާއީސްގެ ވާހަކަފުޅަށް ރައްދުދެއްވަމުން ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެމްއޭ ބުނާ ގޮތުގައި 2021 ވަނަ އަހަރުގެ ބަޖެޓުގައި ޖަހާފައި ހުރީ ލިބިފައިވާ ފައިސާއެއް ނޫން ކަމަށާއި، އެ ބަޖެޓުގައި ހުރީ ހައްތަހާވެސް ނަގަން ހުރި ދަރަނި ކަމަށެވެ. އަދި މަޖިލީހުގައި އެމްއެމްއޭ އާއި އެކު ކުރިއަށް ދިޔަ ބަޖެެޓު 2021 ގައި އެމްއެމްއޭގެ ގަވަރުނަރު ދެއްކެެވި ވާހަކަ އަޑު އެއްސެވުމަށް ސައީދު ވަނީ ގޮވާލާފައެވެ.