English Edition
Dhivehi Edition

މިދިޔަ މަހު ޖެންޑާ މިނިސްޓްރީ އަށް ހުށަހެޅި މައްސަލަތައް އިތުރުވެފައިވާ ކަމަށް އެ މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި މިދިޔަ މަހު އެ މިނިސްޓްރީ 257 މައްސަަލަ އެއް ހުށަހަޅާފައިވާއިރު މީގެ ތެރެއިން 135 މައްސަލައަކީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކެވެ. ކުޑަކުދިންނަށް ކުރާ އަނިޔާގެ ތެރެއިން ޖިންސީ ހާނިއްކައިގެ 38 މައްސަލަ ހުށަހަޅާފައިވާއިރު ގެވެށި އަނިޔާގެ އަމަލު ކުރާތަން ފެނިގެން 15 މަައްސަލައެއް ވަނީ ހުށަހަޅާފައެވެ. ޖިސްމާނީ ހާނިއްކައިގެ 24 މައްސަލަ އާއި ނަފްސާނީ ހާނިއްކައިގެ 9 މައްސަލަ، ހައްގުތަކުން މަހުރޫމް ކުރުމުގެ 2 މައްސަލައިގެ އިތުރުން އަހުލާގާ ގުޅުންހުރި 12 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އިންޓަނެޓު މެދުވެރިކޮށް ގަނާ ކުރުމުގެ 1 މައްސަލަ ހުށަހަޅާފައިވާއިރު އެކި ބާވަތުގެ ކުށްކުރާ ކުދިންގެ 9 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.

މީގެ އިތުރުން އާއިލީ މައްސަލަތަކުގެ 36 މައްސަލަ ހުށަހަޅާފައިވާއިރު ކުދިންނާ ބައްދަލު ނުކުރެވޭ 18 މައްސަލާއި ދަރިންނަށް ހަރަދު ނުދިނުމުގެ 8 މައްސަލައިގެ އިތުރުން ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ 40 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.އަދި ނަފްސާނީ އަނިޔާގެ 11 މައްސަލަ އާއި ބިރުދެއްކުމުގެ 03 މައްސަލައިގެ އިތުރުން ޖިންސީ ހާނިއްކައިގެ 2 މައްސަލަ ވަނީ ހުށަހަޅާފަައެވެ.