English Edition
Dhivehi Edition
އިލެކްޝަންސް ކޮމިޝަންގެ އިދާރާ - ފޮޓޯ: ގޫގުލް

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އިތުރު 15 ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފިއެވެ.

އީސީން އިއްޔެ ކުރި އިޢުލާނެއްގައި ހާމަކޮށްފައިވާ ގޮތުން ކައުންސިލްތަކުގެ އިންތިޚާބުގެ 13 ކެންޑިޑޭޓަކާއި، ޑަބްލިއުޑީސީ އިންތިޚާބުގެ ދެ ކެންޑިޑޭޓަކު ވަނީ ނަން އަނބުރާ ގެންގޮސްފަ އެވެ.

އެގޮތުން ކައުންސިލްތަކުގެ އިންތިޚާބުން ނަން އަނބުރާ ގެންގޮސްފައިވަނީ ޕީޕީއެމްގެ ފަރާތުން ފ. ދަރަނބޫދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑި އަށް ކުރިމަތިލި ޚުޛައިމާ މޫސާ، މުޝްތަރީގެ / ފ. ދަރަނބޫދޫ އާއި އަމިއްލަ ގޮތުން ރ. ކިނޮޅަހު ކައުންސިލްގެ މެންބަރު ކަމަށް ކުރިމަތިލި އިބްރާހީމް ނިޒާރު، އޭބީވިލާ / ރ. ކިނޮޅަސް އާއި އެމްޑީޕީގެ ފަރާތުން ގދ. ގައްދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ތިން ގޮނޑި އަށް ކުރިމަތިލި ފާޠިމަތު ޢާމިރާ، ފީރޯޒުގެ / ގދ. ގައްދޫ އާއި މ. ދިއްގަރު ކައުންސިލްގެ މެންބަރު ކަމަށް ޕީޕީއެމްގެ ފަރާތުން ކުރިމަތިލި ޢަބްދުﷲ ނަސީމް، މެމަރީސްޓާރ / މ. ދިއްގަރު އާއި އެމްޑީޕީގެ ފަރާތުން ކ. ކާށިދޫ ކައުންސިލްގެއަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑި އަށް ކުރިމަތިލި ޞަފުވަތު ޢަދްނާން، ޔެލޯރޯސް / ކ. ކާށިދޫ އާއި ޖުމްހޫރީ ޕާޓީގެ ފަރާތުން މާފަންނު ދެކުނު ދާއިރާއަށް ކުރިމަތިލި މުޙައްމަދު ފަޟީލް ރަޝީދު، މ. ޒޭވަރު / މާލެ އާއި ށ. ފޭދޫ ކައުންސިލްގެ މެންބަރު ކަމަށް ޕީޕީއެމްގެ ފަރާތުން ކުރިމަތިލި މުޙައްމަދު އިޙްސާން، ހުދުޢަޞުރުމާގެ / ށ. ފޭދޫ އާއި މައްޗަންގޮޅި ދެކުނު ދާއިރާ (އަންހެނުންނަށް ޚާއްޞަކޮށްފައިވާ ގޮނޑި) އަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލި އާމިނަތު ޝިޒްލީން، މ. ރޯސްލިން / މާލެ އާއި ކ. ހިންމަފުށީ ކައުންސިލްގެއަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑި އަށް ޕީޕީއެމްގެ ފަރާތުން ކުރިމަތިލި ވަސީމާ ޙުސައިން، ކެނެރީގެ / ކ. ހިންމަފުށި އާއި ރ. މީދޫ ކައުންސިލްގެ މެންބަރު ކަމަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލި މުޙައްމަދު ނާއިފް، ނިކަ / ރ. މީދޫ އާއި ގދ. ވާދޫ ކައުންސިލްގެ މެންބަރު ކަމަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލި ޢަލީ ޢާނިމް، ވެނީލާގެ / ގދ. ވާދޫގެ އިތުރުން އަމިއްލަ ގޮތުން އދ. އޮމަދޫ ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލި ޙުސައިން ޙުސްނީ، އޯކިޑްވިލާ / އދ. އޮމަދޫ އަދި ކ. ދިއްފުށީ ކައުންސިލްގެ ރައީސް ކަމަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލި އަޙްމަދު ޢިމްރާން، ނެކްސަސް / ކ. ދިއްފުށި އެވެ.

މީގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުން ނަން އަނބުރާ ގެންގޮސްފައި ވަނީ އެމްޑީޕީގެ ފަރާތުން ލ. މާމެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަށް ކުރިމަތިލި ޢާއިޝަތު ޝަޒްނާ، އާހިޔާ، ލ. މާމެންދޫ އަދި ގއ. ކޮނޑޭ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަށް ކުރިމަތިލި ދޮންދީދީ، ގްރީންލައިފް، ގއ. ކޮނޑޭ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު އީސީން ހުޅުވާލާފައި ވަނީ ޖޫން 23 ވަނަ ދުވަހު އެވެ. އީސީން ބުނީ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ މުއްދަތު ހަމަވުމުގެ މަދުވެގެން 10 ދުވަސް ކުރިން މުއްދަތު ހަމަވާ ތާރީޚު އިޢުލާނު ކުރާނެ ކަމަށެވެ.