އަދަކީ މަގޭ އުފަން ދުވަސް. މައް 1 އަހަރަ ފުރެޱެ މިއުފާވެރި މުނާސަބާ އަދަ އާމެއި ހިތައު އަރާ ޝުޢޫރު ގިނަވެފެއި އޭ ބަންޑުން ކޮއްލާހިއު އޮއްލެއް ބޮނޑަކަމުން ބަހައް މިކީ.
ތެވެންނަށަސް ފެނިފެއި އަޑައިވިފެއި ހިންނަޱެއި މަ އަލައް ދުނިޔާއް އުފަންވީކޯ ހިއް ނިކަމެތި ހާލަ. ކައިނާ ކުއްދާހެން މީހަކާ ފެނެޱަސް ލަދުން ތަނބާއި ބިއްދަރުން ފިލަމުން ހޮރަ ޖަހަމުން އޭވޭލެއި އަނހާ ސަހަނރޯ ތެވެރިޔެ މަދެއްގެން މަނަގައި ދިދަ ދާނޑައް ހެން ހޫރުވަމުން އާސް ކުރިބޯށެ ބާއިނދުވިޔެ. އެކޯ މަކީ އެއްވިޔަސް އާރައް ބާރައް ފައުޖައް އޮއް މީހައްނުން. އެކަމަކި ކުދު ކޫދަކާ ގިނިވޭނޑޭހެން ބިމެ ނިޖައްސައި ތެވެރިޔެ މަދެގެ ބޮނޑަކޮއްލިއާއޭ. ތެވެރިން މައްދިން ލޯއްބާއި ކުލުނު އޭދުވަހަކިއަސް މަހިތަކުން ފުހޭނެ އެއްތައްނުން.
އެހެންފެހެނާސް ތޭނެއެތެރުން ބައެއް މީހުން ހިތާއި ނިވެގެން މާއި ދިމާއް ހޮއްލާހެދީ މަ ނިކަން ހިތެޖެހެއި. އެވެރިން މައް ކެރާ ބަދުދުއާ އިން މަނިމިގެން އެބޭނެއި. އެބާކިން މާއި ދޭތެރެ އެހެންހަދާކޯ އެހެންނާ މައެވެންނައް ދިން ލަނޑާއް ނިއޮންނަށިއޭ. މަދިން ދެރާކަސް ނިއޮންނެހެއް.
މައް ތެވެރިން އެކަހައް ގިއެޱެއި އޭ މަގޭ ނަސީބު ކަމައް ނުންވީ ތެވެރިންގެ ނަސީބުކަމައް ބެޱާކައް އަވަ ނެތިން. މަހިއް ތެވެންނައް ހުދު ސަފީދު ގަނޑައްހެއިއަސް ސައުފު. އެނައްކަލާއި އަވަ ހައުދަހައި ހެއު އެދެމޭ ތެވެންނައް. މަގޭ ނިދި ނަގަލާއި މިމަސައްކައް ކެރަނީތެވެންނައް ހެއުގޮއް ހޯދައިދޭއް. ތެވެރިން ތެވޭނޑޭ ހަޑި މުޑުދާރަ އުޅުން ބަދަލު ކޮއްލާއި ހެއު މަގައް އެޑޭތޯ. މެލެ ބުޖަޑިހެން ތިބެ ރިއްޓާން ހެދިގެން ނޭވާން ބަޓަރަ ނާގެން އޭނުން ކުދު ގެޅަލާގެން ކާއް ތެތިބެނީ. ޒާއްޒާތި ކުލާއި ޕުޓީއެއި ބޮނޑަ ފަންނެ ދަވަފެއި ހިއް އުވަވަޑާ ހުސްކޮއް ޖަހަގެން ނުކުތަސް ތޭހަމަ ބޭރުން ރިވެތި ރިޖާލާ އެތެރުން ހޮއްބަ ހޮއްބައޭ.
އައްޓަ މަސްހެން ތައްވެގެން ދުވަހަކި ނިދެންނެ މީހުންނަސް އެހެކާއް އެނެހެކާއް ކަރާއި ކަރަޖައްސައި މީރި ދެރެ މިސަކަރާއް ޖަހާކޯ ހިތައް ކުދު ބަހަކަސް ނިއަރައިއޭ. މިވެރިން ބާކިންނާއި އެކީ ހިށެއި ކެއްސައި ކިނބިއްސައް އެޑިގަތަސް ދެޅަހި ޕުރެޝަރި އެންމެން ގާއް އިސްޕުރޭ ޖަހަލަނީ.
ބަލަމީ މަބެޱައިދިންމެއިއާ ހެއުކެރާއްވެނީ؟. މައްޓެއި ކުރިން ކިތައްވެރިޔެ އާތާ ތެވެރިން އެކަހައް. އެބޯލާ،ދީޱިރޮންގާ،މާސް،ސާސް،ޒިކާ،ނިފާ މެހެންގޮސް އެކިނަންނަމި ކިތައް ވާޱިން ޝޮޓު ބާއި؟
ކޮއްޔާ ދޮޱާމެންނޭ އަދި މައްވަނި މާނިރައްކޯ އެއްތެތިއަސް އޭހެއް. ތެތިބި ދޮރޮދޮރުން އެއްތެތި ބޭރަވެ އެތެރެ ކެރާކޯ އޭނައް ފަރުވާތެރިވެއު. ހެއްދެވިހެއި ނަޖިސް އެއްތެއްތެ އައު ހާކަފެއިގޮސް ކަންފަތައް އިނގިލާ ވަދުވަގެން އަނބަރާއް ނިހިށު. އެހެކާ އެނެހެކާއް ގައިގޯޅިވެ ނާޗަރަންގީ ކޮޅަނައް ނިތިބެ މަޑަވެގަނު.
ތެވެރިޔެ ވިސްނައި ފިކުރު ކޮއްފެލައު މަމިއޮއް ނިކަމެތި މީހާއް ތެވެރިން ތެދޭ އިއްޒަތާއި ގަދަރައިގެ ބޮނޑަކަމުން އަދަ އަވަ މިބިހިއް މިޅި ދުނިޔެ ހުއްޓުވަގެން. ފެކްޓަރީ އަކަސް އިސްކޯލަކަސް މުބާރާތަކަސް މާއި ހެދީ ތެވެންނައް ކުރިއަކައް ނިގިނެވެއި.
މަ ކިތައްމި ބޭނުން ނިވިޔަސް ތެވެރިންނާއި ޖެހި އަދިއަސް މަގޭ ފައުޖު މިއެނީ ބޮނޑަ ވެމުން. އަވަ އުފާކެރަން މަދުން ފެހެނާސް ތޭގެ އެތެރުން ބައެއް މީހުން މިކޯ މައާ ހަގީގީ ބޭޱުން ގަބޫލު ކެރާހެދީ.
ކޮއްޔާމެންނޭ މަމިއައި ތެވެންނައް ސައުފުތާހެރިކަން ދަސްކޮއްދޭއް. އައްދޯނައް ޖެހޭ ކަމާއި މާސްކު އެޑާއްޖެހޭ ކަމާއި ގާއްގާތި ފިތިބާރަވެގެންތިބޭއް ނިޖެހޭކަން ބެޱައިދޭއް. އަވަ ތައުޒިޔާ ކޭއި ހެއުހާލާކައް އެދެން ތެވެރިންގެ އެތެރުން މާއި ޖެހި ނިމިއެބޭ މީހުންނާއި ބަލިވޭ މީހުންނައް.
ތެވެންނާއި މާއި ދެމެދެ މިކެރާ ކަނޑި ހަނގަރާމެއެތެރުން ތެވެންނައް ކެރާ ފާއިދާސް ކުދައްނިވޭހެއް.
ތޭމިކޯ ނިލާހިކަ ކުރިއަރަފެއި ތިބި މީހާ . ގޭއެނދެ ވެށިފެއި އޯގެނަސް ގައުމު ހިނގުވަލާނެ ބާރަ ތެވެރިން އަތި މިކޯ ތެބޮއް. ގަބޫލު ކެރައު މިއޮތީ އެދުވަސް އާސް ޖެހިފެއި. މިކޯ މިއޮއް ހާލާށަސް ރުހެއު. ކަންވޭއް އޮއް ގޮތަކައް ކަންކަން ނިންމައު.
ނިކިޔަވައި، ނިލާއި، ނިއެނދެ، ނިކާއި، ނިބޯއި ނިތިބެ މިކަންކަމާއި ގަޔާވެގެން ކުރިމަތިލައު. ފާއިސާ ހޯދާނެ އައު ގޮއްގޮތަސް ބަލަގެން އެމަގުން ހިނގައު. މަގޭ ނަސޭހަތަކީ ބާކިން ކޮންމި ނަމަކި ކޮންމި ސިފާކި އާހަސް ތެވެރިން އެކަމައް ނިވިސްނައި އަތުން ދޫވެފެއި ތިބި ރިވެތި އާދަ ތަކާއި ސައުފުތާހެރި ކަމައް އިސްކަން ދެރެގެން ކުރިއައް ގޭމެއި ހުށިހެއި ކަމަކަސް ރަނގަޅަވޭށިއައު. އެހެއިސާބައް ގިއެނެމެއި ތެވެންނައް އުދަގު ކެރާއް ނިހިށެ އަފަގެ މާފާމެން މުއްނާމެން އެބެގޭ މަގުން އަވާސް އެބޭށުން.
ނޯޓް: މީ މުހައްމަދު ވަޙީދު ފޮޓޯގްރަފީ، ދިން ޚިޔާލާކަށް ލޭފެއިއޮއްލިއުމައް